ދިވެހިރާއްޖެ
| ވަޒީފާގެ ފުރުޞަތު 
 | ތާރީޚް: 12 ޖަނަވަރީ 2021 | |||||||||||||
| މަޤާމް | ލީގަލް އޮފިސަރ | ރޭންކް: JS12-2 | ||||||||||||
| ބޭނުންވާ ޢަދަދު | 01 | 
 | ||||||||||||
| މަސައްކަތްކުރަންޖެހޭ ތަން | ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | |||||||||||||
| އަސާސީ މުސާރަ | -/9412 ރުފިޔާ | |||||||||||||
| މަޤާމަށް ކަނޑައެޅިފައިވާ އިތުރު އެލަވަންސްތައް | - ޖުޑީޝަލް އެލަވަންސް: 6117.80 ރ (އަސާސީ މުސާރައިގެ %65) - ސަރވިސް އެލަވަންސް: -/3000 - ލިވިންގ އެލަވަންސް: -/3000 - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ. | |||||||||||||
| އަސާސީ ޝަރުޠު | 1- ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. | |||||||||||||
| މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު | 1- ކޯޓުގެ ބޭނުމަށް ޤާނޫނުތަކާއި ޤަވާޢިދުތައް ބަލާ ދިރާސާކުރުމާއި ޝަރީޢަތްތަތަކާ ގުޅުންހުރި ޤާނޫނުތަކާއި ޤާވާޢިދުތައް ދިރާސާ ކުރުން. 2- ޝަރުޢީ އަދި ޤާނޫނީ ކަންކަމާއި ބޭހޭ ގޮތުން ޢިލްމީ ދިރާސާތައްކުރުން 3- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހޯދަންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދުމުގައި އެހީތެރިވެދިނުން. 4- ގެޒެޓް ކުރެވެމުންދާ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދުން 5- މައްސަލަތަކުގެ ރިޕޯޓުތައްޔާރުކުރުން. 6- ރާއްޖެއާއި ރާއްޖޭއިން ބޭރުގެ މުހިންމު ޝަރުޢީ ނިންމުންތައް ދިރާސާކޮށް ހޯދައި ބްރީފް ކޮށްދިނުން. 7- އަދި މިނޫނަސް ކޯޓުގެ މަސައްކަތާއި ގުޅޭގޮތުން ކޯޓުން އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުން. | |||||||||||||
| ތަޢުލީމީ ދާއިރާ | ޝަރީޢާ / ޤާނޫނު | |||||||||||||
| މަސައްކަތާ ގުޅޭ ތަޢުލީމީ ސެޓްފިކެޓް | ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނު | |||||||||||||
| ހުށަހަޅަންޖެހޭ ތަކެތި | 1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމު. 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް) 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން. 6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. 7- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) | |||||||||||||
| ސުންގަނޑި | މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2021 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމާއެކު ހުށަހަޅާ ލިޔުންތައް ހަމަތޯ ޗެކްކުރުމަކީ އީމެއިލްކުރާ ފަރާތެއްގެ ޒިންމާއެކެވެ. އަދި ފޯމާއެކު ހުށަހަޅާ ލިޔުންތައް ހަމަނުވާނަމަ، އެފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 
 | |||||||||||||
| އެހެނިހެން ޝަރުތު | 
 | |||||||||||||
| މަޤާމަށް މީހަކު ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް | 
 | |||||||||||||
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް | 
 
 | |||||||||||||
| އިތުރު މަޢުލޫމާތު | 
 | |||||||||||||