| މަޤާމް: | 
އަތޮޅު ކޯޑިނޭޓަރ | 
| ބޭނުންވާ ޢަދަދު: | 
19 | 
| މަސައްކަތް ކުރަންޖެހޭ ތަން: | 
- އަތޮޅު ތަޢުލީމީ މަރުކަޒު ހުންނަ ރަށުގައި
 
- ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަދި އަޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ
 
 
 | 
| ވަޒީފާގެ މުއްދަތު:  | 
- 1 އަހަރު (ކޮންޓްރެކްޓް އުސޫލުން)
 
 
 | 
| މުސާރަ: | 
- ދެފަރާތް އެއްބަސްވާ ގޮތަކަށް
 
 
 | 
| ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: | 
- ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތައް އެންމެ ފުރިހަމަ ކަމާއެކު ގެންދިއުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި  ކުންފުނިން އަންގާގޮތެއްމަތިން އެ ކަންކަން ރާވާ ހިންގުން.
 
- ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތަކަށް އެއްވެސް ދަތިކަމެއް ނާންނަ ގޮތުގެ މަތިން  މަސައްކަތްތަކަށް ބޭނުންވާ ތަކެތި ކުންފުންޏާއި ގުޅިގެން އެކަކެތި ބޭނުންވާ ވަގުތަށް ގެނެސް ސްޓޮކް ބެލެހެއްޓުން.
 
- ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތައް މިކުންފުނިން  ފޮނުވާތަކެއްޗާއި ހަވާލުވުމާއި އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
 
- ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތަކަށް ކުންފުނިން ފޮނުވާތަކެތި، ކުންފުނީގެ އިދުޝާދާ  އެއްގޮތަށް، ފޮނުވަންޖެހޭ އަތޮޅުތަކަށާއި ރަށްރަށަށް އެތަކެތި ފޮނުވުމާއި ފޮނުވާފަރާތަށް އެތަކެތި ލިބުނުކަން ޔަގީން ކުރުން.
 
- ކުންފުނިން ފޮނުވާ އެންމެހާ ތަކެތީގެ ރިކޯޑް ބެލެހެއްޓުން
 
- ކުންފުނިން ފޮނުވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި ކުންފުނިން އަންގާ ގަވާއިދެއްގެ މަތިން  ސްޓޮކް ރިޕޯޓް ކުންފުންޏަށް ފޮނުވުން.
 
- ކުންފުނީގެ ތަންތަނާއި މުދަލާއި ތަކެތި ނުވަތަ ކުންފުނީގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނާއި މުދަލާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
 
- ކުންފުނީގެ މަސައްކަތަށް ބޭނުންވާ ތަކެތި ހަމަޖެފައިވާ ޤަވާއިދުގެ މަތިން އެތަކެތި ބޭނުންވާ ވަގުތަށް ހޯދާ ރެކޯޑުކޮށް ބެލެހެއްޓުން.
 
- މި ކުންފުނީގެ ފަރާތުން  ހިންގާ ކޮންޓްރެކްޓް ފާމިންގެ މަސައްކަތްތާއި އެހެނިހެން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
 
- މީގެ އިތުރުން، ކުންފުނީގެ ލާބައާއި މަންފާއަށް ހުރިހާ މުވައްޒަފުން ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން.
 
 
 | 
| ޝަރުތު: | 
- ޖީ.ސީ.އީ/ އައި.ޖީ.ސީ.އެސް ފާހެއް އޮތުން ނުވަތަ
 
- 5 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
 
 
 | 
| އިސްކަންދެވޭނެ އިތުރު ކަންތައްތައް | 
- މަސައްކަތްކުރަންޖެހޭ ރަށުގައި ގާއިމްވެ ދިރިއުޅޭ މީހަކަށްވުން.
 
- ގިނައިރު މަސައްކަތުގައި އުޅެވޭނެ އަދި ތަކެތި އުފުލާ އުޅެވޭފަދަ ޞިއްހަތެއްގައި ހުރި މީހަކަށްވުން.
 
- އިނގިރޭސި ބަހުންނާއި ދިވެހިބަހުން ލިޔަންކިޔަން އެނގުން
 
- ކޮންޕިއުޓަރު ރަނގަޅަށް ބޭނުން ކުރަން އެނގުން.
 
- އެކަނި އަދި މީހުންނާއެކީ މަސައްކަތް ކުރުމުގެ ހުނަރު ހުރުމާއި ކަނޑައެޅިފައިވާވަގުތަށް، މަސައްކަތް ނިންމުމުގެ ޤާބިލުކަންހުރުން.
 
- މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރުހުރުން.
 
 
 | 
| ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: | 
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ އައި.ޑީ.ކާޑް ކޮޕީ
 
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
 
- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެފަރާތުގެ ލިޔުން
 
 
 |