ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2021/4
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 30 ޖޫން 2021 00:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަފްލާތަކަށް އަމީރު އަމީން ސްކޫލު ކުއްޔަށް ދޫކުރުމުގެ އުޞޫލު

އަމީރު އަމީން ސްކޫލު އެކި އެކި ހަފްލާތަކަށް ކުއްޔަށް ދޫކުރެވޭނީ ދުވާލަކަށް 1100/- (އައުޓްޑޯ. 100 ގޮޑި، ފެން، ކަރަންޓް އަދި 1 ކްލާސްރޫމް ހިމެނޭ ގޮތަށް) ރުފިޔާއަށެވެ. ކުއްޔަށް ނެގުމަށް ބޭނުންވާ ބޭފުޅުން، މިކަމަށް ކަނޑައެޅިފައިވާ ފޯމް، ކުއްޔަށް ނަގަން ބޭނުންވާ ތާރީޚުގެ ރަސްމީ 5 ދުވަހުގެ ކުރިން ހުށައެޅުމުން ސްކޫލު ކުއްޔަށް ދޫކުރުމުގެ ކަންކަން ހަމަޖެހިގެންދާނެއެވެ. ކުއްޔަށް ދޫކުރުމުގައި އިސްކަންދޭނީ ފޯމް ހުށައަޅާ ތަރުތީބުންނެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ ޢިއުލާނުކުރަމެވެ.

10 ޖަނަވަރީ 2021