ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-MNH/1/2021/2
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 10 ޖަނަވަރީ 2021 00:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ސައުތު ވެސްޓް ހާބަރ (ޓީ-ޖެޓީ) ސަރަހައްދުގައި ހުރި ލަގެޖް ފޮށްޓަކާއި ބެހޭ.

30 ޑިސެމްބަރ 2020 ވަނަ ދުވަހުން ފެށިގެން، މާލޭ ސައުތު ވެސްޓް ހާބަރ/ ޓީ-ޖެޓީ ސަރަހައްދު ތެރޭގައި ޙަވާލުވާނެ ފަރާތެއް ނޭގި ގިނަ ދުވަސްތަކެއް ވެފައިވާ ލަގެޖް ފޮށްޓެއް ހުރުމާއިއެކު މިތަކެތީގެ ވެރި ފަރާތެއް ވާނަމަ، މިއަދުން ފެށިގެން 3 ދުވަހުގެ ތެރޭގައި މި ތަކެއްޗާއި ޙަވާލު ވުމަށް ދަންނަވަމެވެ. އަދި 3 ދުވަސްތެރޭގައި ޙަވާލު ނުވެއްޖެނަމަ މިތަކެތީގެ ވެރި ފަރާތެއް ނެތްކަމަށް ބަލައި، ހަޖެހިފައިވާ ޤަވާޢިދުގެ މަތިން އެމުދަލެއް ނީލަމުގައި ވިއްކާލުން، ނުވަތަ ނައްތާލެވޭނެ  ވާހަކަ އާއްމުކޮށް ޢަންގައި އިޢުލާން ކުރަމެވެ. 

07 ޖަނަވަރީ 2021