ދިވެހިރާއްޖެ
އެއް އަހަރު ދުވަހުގެ މުއްދަތަށް އެސްޓީއޯ ޓްރޭޑް ސެންޓަރ ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2021 ޖެނުއަރީ 10 ވާ އާދީތަ ދުވަހުގެ 1400 ގެ ކުރިން ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެެވެ.
އީމެއިލް: [email protected]
ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2021 ޖެނުއަރީ 11 ވާ ހޯމަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2021 ޖެނުއަރީ 12 ވާ އަންގާރަ ދުވަހުގެ 1400 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2021 ޖެނުއަރީ 13 ވާ ބުދަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުށަހަޅަންވާނީ އީމެއިލް މެދުވެރިކޮށް، 2021 ޖެނުއަރީ 18 ވާ ހޯމަ ދުވަހު 1400 ގެ ކުރިން [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ފޮނުވާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު:3344262 , 3344211
ފެކްސް: 3344633
އީމެއިލް: [email protected]
03 ޖެނުއަރީ 2021