ދިވެހިރާއްޖެ
ހޯރަފުށީގެ ޢިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނޭ ފަރާތްތައް ހޯދުމާބެހޭ
ހޯރަފުށީގެ ޢިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: (IUL)247-MS/247/2020/125 (29 ޑިސެމްބަރ 2020) އިޢުލާނުން ސާފުކުރުމަށް ކަނޑައެޅިފައިވާ ބައެއް ސަރަޙައްދުތަކަށް ބަދަލު ގެނެވިފައިވާތީ، އެ އިޢުލާން ބާޠިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
ހޯރަފުށީގެ ޢިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން ކައުންސިލުން އަންގާގޮތެއްގެ މަތީން އައުޓްސޯސްކޮށްގެން ބަޔަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލްގެ 133/2020 ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމަވާފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
| ތަފްޞީލް | ތާރީޚް | ދުވަސް | ގަޑި | 
| އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން | 07 ޖަނަވަރީ 2021 | ބުރާސްފަތި | 11:00 (ހެނދުނު) | 
| އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން | 11 ޖަނަވަރީ 2021 | ހޯމަ | 11:00 (ހެނދުނު) | 
މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ ފަރާތެއްގެ މަޢުލޫމާތު ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވަންވާނެއެވެ. ހޯރަފުށީގެ ޢިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމަށް ފޯމް ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.