ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-MNMC/23/2020/220
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 17:42
ސުންގަޑި: 28 ފެބުރުވަރީ 2021 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށް ހުށެހެޅޭ ލިޔެކިއުންތައް ބަލައިގަތުމާއި ބެހޭ

އިޢުލާން

 

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށް ހުށެހެޅޭ ލިޔެކިއުންތައް ބަލައިގަތުމާއި ބެހޭ

 

މިކައުންސިލުން ރަޖިސްޓްރީކޮށް ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ހެލްތު ޕްރޮފެޝަނަލުން ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅަން މިހާރު ހަމަޖެހިފައިވަނީ އޮންލައިން ވާރޗުއަރލް ކައުންޓަރ  (Counter.health.gov.mv)މެދުވެރިކޮށެވެ. މިދެންނެވި ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމް ހުށަހަޅުއްވާއިރު އެފޯމާއެކު ހުށަހަޅުއްވަންޖެހޭ ޑޮކިއުމަންޓްތަކާއި އަދި ފޯމް ފުރިހަމައަށް ފުރުއްވާފައި ނުވުން ފަދަ މައްސަލަތައް ހުރުމުން ފޯމްތައް ވަރަށް ގިނައިން ރިޖެކެޓް ކުރަންޖެހޭ ގޮތް މެދުވެރިވަމުން ދާތީ ހުށަހަޅުއްވާ ފޯމް ފުރިހަމަކުރެއްވުމަށާއި އަދި ފޯމާއެކު ހުށަހަޅުއްވަންޖެހޭ ޑޮކިއުމަންޓްތައް އެޓޭޗްކުރެއްވެނީ ރަނގަޅަށްތޯ ބައްލަވައި ފޯމްހުށަހެޅުއްވުމަށް ދަންނަވަމެވެ. މިދެންނެވިގޮތާ ޚިލާފަށް ހުށަހަޅުއްވާ ފޯމްތައް މިކައުންސިލުން ރިޖެކްޓް ކުރުމަށް ހަމަޖެހިފައިވާތީއާ އަދި އެފަދަ ފޯމްތަކާ ގުޅިގެން ނުކުންނަ މައްސަލަތަކުގެ ޒިންމާ އުފުއްލަވަންވާނީ އެފޯމްތައް ހުށަހެޅުއްވި ފަރާތަކުން ކަމުގައި އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.

30 ޑިސެންބަރު 2020