ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)220-TSS/INDIV/2020/18
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 17:16
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުގެ އަހަރީ ފީ ސްޓިކަރއަށް ބަދަލުގެނައުން

 

އިޢުލާން

 

 

އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރާ ސްޓިކަރއަށް ބަދަލުގެނެސް، 1 ޖަނަވަރީ 2021 އިން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް، އެ ފަރާތުން އަމިއްލައަށް ޕްރިންޓްކުރެވޭ ފަދަ ސްޓިކަރއެއް އީމޭލް މެދުވެރިކޮށް ލިބޭގޮތަށް ހަމަޖައްސައިފީމެވެ. އަދި އެއްގަމު އުޅަނދުގެ އަހަރީ ފީ މި އޮތޯރިޓީގެ ކައުންޓަރުތަކަށް ދައްކާ ފަރާތްތަކަށް ވެސް މި ދެންނެވުނު ތާރީޚުން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ މި ދެންނެވުނު ސްޓިކަރއެވެ.

އެހެންނަމަވެސް، 31 ޑިސެންބަރު 2020 ގެ ނިޔަލަށް އެއްގަމު އުޅަނދުގެ އަހަރީ ފީ ދައްކާފައިވާ ފަރާތްތަކުން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުންކުރަމުންދާ ސްޓިކަރ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެ ވާހަކަ ވެސް ދަންނަވަމެވެ.

 

15 ޖުމާދަލްއޫލާ 1442

 

      

30 ޑިސެންބަރު 2020