ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/2020/56
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:18
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލިޔުންތަކުގައި އަސްލާ އެއްގޮތް ތައްގަނޑު ޖެހުން

ލިޔުން ތަކުގައި އަސްލާއި އެއްގޮތް ތައްގަނޑުޖެހުން.

                ޤާނޫނު ނަންބަރު:5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫން) ގެ 72 ވަނަ މާއްދާގެ ދަށުން ލިޔުންތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ޤަވާޢިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މިދަންނަވާގޮތަށެވެ.

 

އަސްލާއެއްގޮތް ކަމުގެ ތައްގަނޑު 3 ޖެހުމުގެމަސައްކަތް ކުރެވޭނެ ފަރާތްތައް

އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ދިވެހި ރާއްޖޭގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރެވޭނީ ދިވެހި ރާއްޖޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންނަށެވެ.

 

                  ވީމާ، މިއިދާރާއިން ލިޔުންތަކުގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް ޖަހާ ތައްގަނޑު ޖެހުން ޙަވާލާ ދެވުނު ޤާނޫނުގައިވާ ގޮތުގެމަތިން ހުއްޓާލެވިފައިވާކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

30 ޑިސެންބަރު 2020