ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL297-AD-297-2020-64
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 07 ޖަނަވަރީ 2021 02:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ނަންބަރު: IUL)297-AD/297/2020/64  

 

  

އިޢުލާން

 

މިސްކިތްތަކުގައި ވަގުތީގޮތުން އިމާމުވެ ނަމާދުކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު

 

މަޤާމް:

ވޭޖް އެމްޕްލޮއި (ވަގުތީ އިމާމް/ ވަގުތީ މުދިމް)

ބޭނުންވާ ޢަދަދު:

1 (އެކެއް)

ޔުނިޓް: ކޯޕަރޭޓިވް އެފެއާރޒް / ނ.ވެލިދޫކައުންސިލްގެ އިދާރާ

 

ކޮންޓްރެކްޓް:

06 (ހައެއް) މަސް

މަޤާމުގެ ރޭންކް:

ޖީ.އެސް 3

ޖީ.އެސް 1

 

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

 މުސާރަ:

-     މަސައްކަތާއިގުޅޭ ދާއިރާއަކުން ސަނަދެއްއޮތް ނަމަ ކުރާ ކޮންމެ ނަމާދަކަށް (މަސައްކަތްކުރާ ކޮންމެ ނަމާދު ވަގުތަކަށް) 61.00 (ފަސްދޮޅަސްއެއްރުފިޔާ) ރުފިޔާ ރޭޓުން (ޖީ.އެސް 3 ރޭންކްގެ)

-     މަސައްކަތާއިގުޅޭ ދާއިރާއެއްގެ ސަނަދެއް ނެތްނަމަ ކޮންމެ ނަމާދު ވަގުތަކަށް 53.00 (ފަންސާސް ތިންރުފިޔާ) ރުފިޔާގެ ރޭޓުން (ޖީ.އެސް1 ރޭންކްގެ)

މަޤާމުގެ ޝަރުޠު

(ޖީ.އެސް 1) ގެ:

      މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު

1. އިމާމްވެ ނަމާދުކުރަން އެނގޭ މީހެއްތޯބެލުމާއި، އަދި އިމާމްވެ ނަމާދުކުރެވޭ ވަރަށް ތަޖުވީދުމަގުން ކީރިތި ޤުރުއާން ކިޔަވަންއެގޭތޯ ބެލުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިންދެވޭ ފެންވަރު ބެލުމުގެ އިމްތިހާނުން ފާސްވެފައިވުން، ނުވަތަ

  1. ހުކުރުކުރުމުގެ ހުއްދަލިބިފައިވުން

މަޤާމުގެ ޝަރުޠު

(ޖީ.އެސް 3) ގެ:

      މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު

  1. މުދިމްކަމުގެ ސަނަދުލިބިފައިވުން ނުވަތަ
  2. ހުކުރުކުރުމުގެ ހުއްދަލިބިފައިވުން ނުވަތަ
  3. ދީނީދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:

 

1. ކޮންމެނަމާދު ވަގުތެއްޖެހުމުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައް ބަލައި ރަނގަޅުކުރުމަށްފަހު ނަމާދު ވަގުތު ޖެހުމުން ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން.

  1. 2.  މިސްކިތް ސާފްކުރާ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓްގެ ދަށުން މިސްކިތްފޮޅާ ސާފްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހިނގާގޮތް ދުވަހުން ދުވަހަށް ސްޕަވައިޒްކޮށް ބެލެހެއްޓުން.
  2. 3.  މިސްކިތަށްދަތިވާ ކޮންމެކަމެއް ކައުންސިލްގެ އިދާރާއަށް އަންގައި ރަނގަޅުކުރެވޭތޯ ބެލުމާއި، އަދި މިސްކިތުގައި މަރާމާތުކުރަންޖެހޭ ތަނެއް ހުރިތޯ ބަލައި ކައުންސިލްގެ އިދާރާއަށް އަންގައި ހައްލުކުރުވުން.

4. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތްކުރުވުން.

 

 

  1.  މިސްކިތުގައި ދީނީ ނަސޭހަތްދިނުމުގެ ބައްދަލުވުމެއް ބާއްވާނަމަ އެކަން އިންތިޒާމްކޮށް ދިނުމާއި ބައްދަލުވުން ނިމެންދެން މިސްކިތުގައި މަޑުކުރުން.
  2. މިސްކިތްތަކުގައި ކުރުން އެކަށީގެންނުވާ ފަދަ ކަންކަންކުރޭތޯ ބަލައި އެކަންހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  3. ކޮންމެނަމާދުވަގުތެއްގައި ސޮއިކުރުމަށް މިސްކިތުގައި ބާއްވާފައިވާ ޙާޟިރީގައި ސޮއިކޮށް، މިސްކިތު މަސައްކަތުމީހުން ކޮންމެވަގުތަކު ޙާޟިރީފުރިހަމަކުރޭތޯބަލައި ޙާޟިރީފުރިހަމަކުރުން.

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ

ލިޔުންތައް

  1. ވަޒީފާއަށްއެދޭ ފަރާތުގެ ފޯމް (ފޯމް ވެލިދޫކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. އަދި ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު.

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން:

ނ.ވެލިދޫ މިސްކިތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ފަރާތުން މިއިދާރާއިން ހަމަޖައްސާ މިސްކިތެއް

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ގަޑި:

ކޮންމެ ފަރުޟްނަމާދުގެ ވަގުތުޖެހުމުގެ ކުރިން މިއިދާރާއިން ހަމަޖައްސާފައިވާ މިސްކިތަކަށް ވަޑައިގެން  ބަންގިގޮވާ ފަރުޟްފަސްނަމާދުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ މައިގަޑު ކަންތައްތައް: ތަޢުލީމީގޮތުން ލިބިފައިވާ މާކްސް ، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާ އަދި އިންޓަރވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ. ވެލިދޫގައި ދިރިއުޅުއްވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:

07 ޖެނުއަރީ 2021 ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިން ވެލިދޫކައުންސިލްގެ އިދާރާއަށްހުށަހެޅުއްވުން އެދެމެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: މިއިދާރާގެ ނަންބަރު 6560010

 

  15  ޖުމާދަލްއޫލާ 1442  

30 ޑިސެމްބަރ 2020  

30 ޑިސެންބަރު 2020