ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)426-6A/426/2020/427
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 0857
ސުންގަޑި: 10 ޖަނަވަރީ 2021 1400
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - މަސައްކަތު (ހުޅުދޫ އަވަށު އޮފީސް)

މިއޮފީހުގެ ނަންބަރު (IUL)426-6A/426/2020/328 އިޢުލާނުގެ އިންޓަރވިއު ކަނޑައެޅިފައިވާ ތާރީޚައް ބޭއްވިފައިނުވާތީ މި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މަޤާމް

މަސައްކަތު

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރ 2021 ގެ ނިޔަލަށް)  

މަޤާމުގެ ނަންބަރު:

MS119

މަޤާމުގެ ރޭންކް:

އެސް.އެސް.1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުޅުދޫ އަވަށު އޮފީސް

މުސާރަ:

-/3100ރ

ސަރވިސް އެލަވަންސް:

-/1000ރ

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1 .ތާރު އަދި ގައު އަޅާފައިވާ މަގުތައް ފޮހެ ސާފުކުރުން.

2. ބަނދަރުމަތީ ކުނިނަގާ ވިނަނޮޅާ ސާފުކުރުން.

3. ބޯޅަ ދަނޑުތަކާއި ކުޅިވަރު ކުޅޭ ބިންތަކާއި ޕާރކްފަދަ ތަންތަނުގެ ވިނަ ދިގުވިޔަނުދީ ކޮށާ ސާފުކުރުން.

4. މަގަށް ދަތިވާގޮތަށް ހުންނަ ގަސްތައް ކަނޑައި ސާފުކުރުން.

5. މަގަށް ދަތިވާގޮތަށް ވެއްޓޭ ރުއްގަސް ނެގުމާއި ސާފުކުރުން.

6. އޮފީހުން ބަލަހައްޓަންޖެހޭ މަގުތަކުގެ ވިނަނޮޅާ ސާފުކުރުން.

7. ގުދުރަތީ ހާދިޡާއެއް މެދުވެރިވެގެން ދިމާވާ ކަންތައްތަކުގައި އޮފީހުން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތު ކުރަންޖެހޭ ކަންކަން ކުރުން.

މަޤާމުގެ ޝަރުތުތައް:

ލިޔަންކިޔަން ދަތުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއިއެކު)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖެނުއަރީ 10 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިން، ހުޅުދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ޖެނުއަރީ 11 އާއި 2021 ޖެނުއަރީ 20އާ ދެމެދު، ހުޅުދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6894728 ނަންބަރު ފޯނާއެވެ.

14 ޖުމާދަލްއޫލާ 1442

2020-12-29