ދިވެހިރާއްޖެ
ނަންބަރ: MTCC-PD/IU/2020/0358
އިޢުލާން
އެމްޓީސީސީއަށް ރިސްކް މެނޭޖްމެންޓް އާއި ގުޅޭ ގޮތުން ކޮންސަލްޓެންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
އެމްޓީސީސީއަށް ރިސްކް މެނޭޖްމެންޓް އާއި ގުޅޭ ގޮތުން ކޮންސަލްޓެންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ MTCC-PD/IU/2020/0279 (8 ނޮވެމްބަރ 2020) އިއުލާން ބާތިލްކޮށް މިކަމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅާލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 | ތާރީޚް | ދުވަސް | ވަގުތު | 
| މައުލޫމާތު ސާފުކުރުން | 5 ޖެނުއަރީ 2021 | އަންގާރަ | 10:00 | 
| އަންދާސީ ހިސާބު ހުށަހެޅުން | 12 ޖެނުއަރީ 2020 | އަންގާރަ | 10:00 | 
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށް މަތީގައި ބަޔާންކުރެވިފައިވާ ގަޑިއަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއް ގައެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ޚާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
29 ޑިސެމްބަރ 2020