ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)1-POL(RA)/1/2020/55
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 15:41
ސުންގަޑި: 03 ޖަނަވަރީ 2021 15:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
"ހިޔާ" މަޝްރޫޢުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީ،ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު ނެރުއްވާ ވަގުތީ ލިސްޓްއާގުޅޭ

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ

މާލެ/ދިވެހިރާއްޖެ

 

"ހިޔާ" މަޝްރޫޢުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީ،ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު ނެރުއްވާ ވަގުތީ ލިސްޓްއާގުޅޭ

"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އިޢުލާންކުރަމެވެ.

 

މި ލިސްޓު އެކުލަވާލެވިފައިވަނީ، މި ކެޓަގަރީއަށް ފޯމު ހުށަހެޅިއިރު ހުރި މިނިސްޓްރީތައް ވަކިވަކިން އެނގޭނެގޮތަށެވެ. މިހާރު އައު މިނިސްޓްރީތައް އުފެދި، މި ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެކި އިދާރާތަކަށް ބަދަލުވެފައިވީނަމަވެސް، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން އެކުލަވާލާފައިވާ މި ލިސްޓުގައި، ކޮންމެ ފަރާތެއްވެސް ހިމެނިފައިވާނީ އެ ފަރާތެއް ފޯމު ހުށަހެޅި މިނިސްޓްރީއެއްގެ ދަށުންނެވެ. އެގޮތުން މި ލިސްޓުގައި ބޭނުންކޮށްފައިވާނީވެސް އޭރު މިނިސްޓްރީތަކަށް ކިޔަމުންދިޔަ ނަންތައް ކަމުގައި ދަންނަވަމެވެ.

 

 ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީގެ ޝަރުތުތަކާއި ޕޮއިންޓް ދިނުމަށް އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލާފައިވާ މިންގަނޑު، ތިރީގައިމިވަނީއެވެ. މި ކެޓަގަރީއަށް ޕޮއިންޓް ދިނުމުގައި ބަލާފައިވާނީ މި ޝަރުތުކާއި މިންގަނޑުތަކަށެވެ. އަދި ޕޮއިންޓް ދެވިފައިވާނީ 15 ޖަނަވަރީ 2018 ގެ ނިޔަލަށް ޚިދުމަތް ކޮށްފައިވާ މުއްދަތާއި، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށެވެ.

 

މި ކެޓަގަރީއަށް ފޯމު ހުށަހެޅުމަށްފަހު ފޯމު ހުށަހެޅި ފަރާތް، ފްލެޓްގެ ތަޅުދަނޑި ލިބުމުގެ ކުރިން، ވަޒީފާއިން ވަކިވެފައިވާނަމަ އެ ފަރާތެއްގެ ފޯމު ބާޠިލްވާނެކަމަށާއި، ފްލެޓް ލިބުމަށް ދެމަފިރިން ހޮވިއްޖެނަމަ، ހަވާލުކުރެވޭނީ 1 ފްލެޓް ކަމުގައި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ކަނޑައަޅުއްވާފައެވެ.

 

"ހިޔާ" މަޝްރޫޢުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދު، 28 ޑިސެންބަރު 2020 އިން ފެށިގެން 3 ޖަނަވަރީ 2021 ގެ 15:00 ނިޔަލަށް ހުޅުވާލެވޭނެ ވާހަކަ ދަންނަވަމެވެ. މިގޮތުން https://hcp.presidency.gov.mv/ މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށް ދަންނަވަމެވެ. "ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެއެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3010718 އަށް ގުޅުއްވުން އެދެމެވެ.

 

 

 

 

 

 

ސިވިލް ސަރވިސް މުވައްޒަފުންނަށް ދޫކުރެވޭ 1000 ފްލެޓަށް ކަނޑައެޅިފައިވާ ޝަރުތާއި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް

 

ފަންނީ އަދި މެނޭޖީރިއަލް ލެވެލް

ޝަރުތުތައް

  • ދިވެހި ރައްޔިތަކަށްވުން
  • ސިވިލް ސަރވިސްގެ ފަންނީ މަޤާމެއްގައި ނުވަތަ މެނޭޖިރިއަލް ލެވެލްގެ ދާއިމީ މަޤާމެއްގައި ހުރި މީހަކަށްވުން
  • މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި މަސައްކަތްކުރާ މުވައްޒަފަކަށްވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް އެއްވެސް ވަރެއްގެ ގޯއްޗެއް/ބޯހިޔާވަހިކަމެއް/ފްލެޓެއް/ރޯހައުސްއެއް ލިބިފައިވާނަމަ، އެތަނެއް ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން

ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު

ޕޮއިންޓް

ސިވިލް ސަރވިސްގެ ވަޒީފާގައި ދެމިހުރި މުއްދަތު

ސިވިލް ސަރވިސްގެ ވަޒީފާގައި 5 އަހަރު ވެފައިނުވާނަމަ

5

ސިވިލް ސަރވިސްގެ ވަޒީފާގައި 5 އަހަރާ 10 އަހަރާ ދެމެދުނަމަ

10

ސިވިލް ސަރވިސްގެ ވަޒީފާގައި 10 އަހަރާ 20 އަހަރާ ދެމެދުނަމަ

15

ސިވިލް ސަރވިސްގެ ވަޒީފާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްނަމަ

20

ތަޢުލީމީ ފެންވަރު (ޕޮއިންޓް ދެވޭނީ އެންމެ މަތީ ސެޓްފިކެޓަކަށް)

ސެޓްފިކެޓް ލެވެލް (އެމް.ކިޔު..އޭ 1،2،3 އަދި 4) ނަމަ

10

ޑިޕްލޮމާ ފެންވަރު (އެމް.ކިޔު.އޭ 5 އަދި 6) ނަމަ

30

ޑިގްރީ ފެންވަރު (އެމް.ކިޔު.އޭ 7 އަދި 8) ނަމަ

50

މާސްޓާސް ނުވަތަ އެއަށްވުރެ މަތީގެ ލެވެލް (އެމް.ކިޔު.އޭ 9 އަދި 10) ނަމަ

70

އެހެނިހެން

ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ނުވަތަ ހާއްސައެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ ފަރާތެއްނަމަ

10

 

ފަންނީ އަދި މެނޭޖިރިއަލް ލެވެލްގެ މަޤާމްތަކުގެ ގޮތުގައި ބަލާނީ MS3 އިން ފެށިގެން ZV7 އާ ދެމެދުގެ ރޭންކްގެ މަޤާމްތަކުގެ މުވައްޒަފުންނެވެ.

 

 

 

އިދާރީ މަޤާމްތައް

ޝަރުތުތައް

  • ދިވެހި ރައްޔިތަކަށްވުން
  • ސިވިލް ސަރވިސްގެ އިދާރީ މަޤާމެއްގެ ދާއިމީ ވަޒީފާއެއްގައި ހުރި މީހަކަށްވުން
  • މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި މަސައްކަތްކުރާ މުވައްޒަފަކަށްވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް އެއްވެސް ވަރެއްގެ ގޯއްޗެއް/ބޯހިޔާވަހިކަމެއް/ފްލެޓެއް/ރޯހައުސްއެއް ލިބިފައިވާނަމަ، އެތަނެއް ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން

ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު

ޕޮއިންޓް

ސިވިލް ސަރވިސްގެ ވަޒީފާގައި ދެމިހުރި މުއްދަތު

ސިވިލް ސަރވިސްގެ ވަޒީފާގައި 5 އަހަރު ވެފައިނުވާނަމަ

10

ސިވިލް ސަރވިސްގެ ވަޒީފާގައި 5 އަހަރާ 10 އަހަރާ ދެމެދުނަމަ

30

ސިވިލް ސަރވިސްގެ ވަޒީފާގައި 10 އަހަރާ 20 އަހަރާ ދެމެދުނަމަ

50

ސިވިލް ސަރވިސްގެ ވަޒީފާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްނަމަ

70

ތަޢުލީމީ ފެންވަރު (ޕޮއިންޓް ދެވޭނީ އެންމެ މަތީ ސެޓްފިކެޓަކަށް)

ސެޓްފިކެޓް ލެވެލް (އެމް.ކިޔު..އޭ 1،2،3 އަދި 4) ނަމަ

5

ޑިޕްލޮމާ ފެންވަރު (އެމް.ކިޔު.އޭ 5 އަދި 6) ނަމަ

10

ޑިގްރީ ފެންވަރު (އެމް.ކިޔު.އޭ 7 އަދި 8) ނަމަ

15

މާސްޓާސް ނުވަތަ އެއަށްވުރެ މަތީގެ ލެވެލް (އެމް.ކިޔު.އޭ 9 އަދި 10) ނަމަ

20

އެހެނިހެން

ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ނުވަތަ ހާއްސައެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ ފަރާތެއްނަމަ

10

 

އިދާރީ މަޤާމްތަކުގެ ގޮތުގައި ބަލާނީ GS1 އިން ފެށިގެން MS2 އާ ދެމެދުގެ ރޭންކްގެ މަޤާމްތަކުގެ މުވައްޒަފުންނެވެ.

 

 

 

 

 

 

 

ސަޕޯޓް ސަރވިސް ލެވެލް

ޝަރުތުތައް

  • ދިވެހި ރައްޔިތަކަށްވުން
  • ސިވިލް ސަރވިސްގެ ސަޕޯޓް ސަރވިސްގެ މަޤާމެއްގެ ދާއިމީ ވަޒީފާއެއްގައި ހުރި މީހަކަށްވުން
  • މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި މަސައްކަތްކުރާ މުވައްޒަފަކަށްވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް އެއްވެސް ވަރެއްގެ ގޯއްޗެއް/ބޯހިޔާވަހިކަމެއް/ފްލެޓެއް/ރޯހައުސްއެއް ލިބިފައިވާނަމަ، އެތަނެއް ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން

ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު

ޕޮއިންޓް

ސިވިލް ސަރވިސްގެ ވަޒީފާގައި ދެމިހުރި މުއްދަތު

ސިވިލް ސަރވިސްގެ ވަޒީފާގައި 5 އަހަރު ވެފައިނުވާނަމަ

10

ސިވިލް ސަރވިސްގެ ވަޒީފާގައި 5 އަހަރާ 10 އަހަރާ ދެމެދުނަމަ

30

ސިވިލް ސަރވިސްގެ ވަޒީފާގައި 10 އަހަރާ 20 އަހަރާ ދެމެދުނަމަ

50

ސިވިލް ސަރވިސްގެ ވަޒީފާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްނަމަ

70

އާއިލާގެ ކުޑަބޮޑުމިން

ދަރިއަކު ނެތްނަމަ

2

21 އަހަރު ނުފުރޭ 1 ދަރި ހުރިނަމަ

4

21 އަހަރު ނުފުރޭ 2 ދަރިން ތިބިނަމަ

8

21 އަހަރު ނުފުރޭ 3 ދަރިން ތިބިނަމަ

12

21 އަހަރު ނުފުރޭ 4 ދަރިން ތިބިނަމަ

16

21 އަހަރު ނުފުރޭ 5 ދަރިންނަށްވުރެ ގިނަ ދަރިން ތިބިނަމަ

20

އެހެނިހެން

ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ނުވަތަ ހާއްސައެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ ފަރާތެއްނަމަ

10

 

ސަޕޯޓް ސަރވިސްގެ މަޤާމްތަކުގެ ގޮތުގައި ހިމެނެނީ SS1 އިން ފެށިގެން SS5 އާ ދެމެދުގެ ރޭންކްގެ މަޤާމްތަކުގެ މުވައްޒަފުންނެވެ.

 

28 ޑިސެންބަރު 2020