ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-MNH/I/2020/ 88
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 30 ޑިސެންބަރު 2020 00:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ސައުތު ވެސްޓް ހާބަރ (ޓީ-ޖެޓީ) ސަރަހައްދުގައި ހުރި ފޮށިގަނޑު ތަކަކާއި ބެހޭ.

10 ޑިސެމްބަރ 2020 ވަނަ ދުވަހުން ފެށިގެން، މާލޭ ސައުތު ވެސްޓް ހާބަރ/ ޓީ-ޖެޓީ ސަރަހައްދު ތެރޭގައި ޙަވާލުވާނެ ފަރާތެއް ނޭގި ގިނަ ދުވަސްތަކެއް ވެފައިވާ ފޮށިގަނޑު ތަކެއް ހުރުމާއިއެކު މިތަކެތީގެ ވެރި ފަރާތެއް ވާނަމަ، މިއަދުން ފެށިގެން 3 ދުވަހުގެ ތެރޭގައި މި ތަކެއްޗާއި ޙަވާލު ވުމަށް ދަންނަވަމެވެ. އަދި 3 ދުވަސްތެރޭގައި ޙަވާލު ނުވެއްޖެނަމަ މިތަކެތީގެ ވެރި ފަރާތެއް ނެތްކަމަށް ބަލައި، ހަމަޖެހިފައިވާ އުޞޫލުތަކުގެ މަތިން މިތަކެތި ނައްތާލެވޭނެ ވާހަކަ އާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

28 ޑިސެންބަރު 2020