ދިވެހިރާއްޖެ
މި އިޢުލާންވަނީ 11 ޖަނަވަރީ 2021 12:18 ގައި ބާތިލް ކުރެވިފައެވެ.
ޕްރޮޖެކްޓް މެނޭޖަރ
ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް ރިވިއުކުރުމުގެ ޓެކްނިކަލް މަސައްކަތްތަކަށް ޕްރޮޖެކްޓް މެނޭޖަރެއް ހޯދުމާއި ގުޅޭ
"ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން" (ޔުނެސްކޯ)ގެ "މޭން އެންޑް ދަ ބަޔޮސްފިއަރ ރިޒާވް" ޕްރޮގްރާމްގެ ދަށުން 28 ޖޫން 2011 ގައި ބ. އަތޮޅު ވަނީ ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅާފައެވެ. "ވޯލްޑް ނެޓްވޯކް އޮފް ދަ ބަޔޮސްފިއަރ ރިޒާވް"ގެ ހިންގާ ޤަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ކޮންމެ ބަޔޮސްފިއަރ ރިޒާވަކަށް 10 އަހަރު ފުރުމުން އެ ބަޔޮސްފިއަރ ރިޒާވްއެއްގެ ރިވިއު ކުރެވޭނެއެވެ. މި ގޮތުން ޔުނެސްކޯ އަށް ހުށަހަޅަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމަށް ޕްރޮޖެކްޓް މެނޭޖަރެއްގެ މަގާމަށް ކުރިމަތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 6 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 1200 ގެ ކުރިން, ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އެ އޮފީހުން ވަކިވުމަށް ނުވަތަ ނޯ-ޕޭ ދިނުމަށް އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ސިޓީ، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv/ އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުއްވާނީ ތިރީގައިވާ ނަންބަރަށެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް ރިވިއުކުރުމުގެ ޓެކްނިކަލް މަސައްކަތްތަކަށް ޕްރޮޖެކްޓް މެނޭޖަރެއް ހޯދުމާއި ގުޅޭ
ހިއުމަން ރިސޯސް ސެކްޝަން،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯން: 3018300
ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ.
ތާރީޚް: 27 ޑިސެންބަރު 2020