ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)233-CA/233/2020/18
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:50
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފައިސާ ބަލައިގަތުމާއި ޚިދުމަތްދޭ ވަގުތުކަނޑައެޅުން
އިދާރީ އިންތިޒާމުތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަވަސްކުރުމާއި، އިދާރީ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، 2021 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން، އެކިއެކި ކަންކަމާ ގުޅިގެން، މި އިދާރާއަށް ދައްކާފައިސާ ބަލައިގަތުމާއި، ފައިސާ ދޫކުރުމާއި، ޚިދުމަތްތަކަށްއެދި ހުށަހަޅާ ފޯމުތައް ބަލައިގަނެ، ޚިދުމަތް ދެމުންގެންދާނީ، ރަސްމީ ދުވަސްތަކުގެ ހެނދުނު، 9:00 އިން މެންދުރު 13:00 އަށެވެ.
ވީމާ، މި އިދާރާއިން މި ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކާއި އަދި ޢާންމުކޮށް އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.
24 ޑިސެންބަރު 2020