ދިވެހިރާއްޖެ
| 
 ވަޒީފާގެ ފުރުސަތު  | 
 ނަންބަރު: 08(IUL)223/1/2020/  | 
| 
 ތާރީޚް: 21 ޑިސެންބަރ 2020  | 
މިޓްރައިބިއުނަލުގެ އެސިސްޓެންޓް ޓްރައިބިއުނަލް އޮފިސަރ ގެ މަޤާމަށް މީހަކު ބޭނުންވެއްޖެ
| 
 މަޤާމް:  | 
 އެސިސްޓެންޓް ޓްރައިބިއުނަލް އޮފިސަރ (ދާއިމީ)  | 
| 
 ބޭނުންވާ ޢަދަދު:  | 
 01  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:  | 
 ލީގަލް އެންޑް އެސެސްމެންޓް ސެކްޝަން  | 
| 
 މުސާރަ، ޢިނާޔަތްތަކާއެކު:  | 
 މަހަކު 9,100/-ރުފިޔާ އަދި އިތުރު ގަޑީގައިކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނޭއެވެ.  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  | 
 - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުން. - ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތަކުގެ އަޑުއެހުންތައް ޓައިޕްކޮށް މައްސަލަބަލަމުންދާ މެންބަރުންނަށް ހުށަހެޅުން. - ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތަކުގެ އަޑުއެހުންތައް ނިމުމުން ދެ ޚަސްމުން ދެއްކި ވާހަކަތަކުގެ ނުކުތާތައް އެކުލަވާލުން. - ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތަކުގެ ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މައްސަލަ ރައްދުވާ ފަރާތުން ހޯދަންޖެހޭ ޖަވާބު ހޯދުން. - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޙާޟިރުކުރަންޖެހޭ ފަރާތްތައް ޤަވާޢިދާއި އެއްގޮތަށް ޓްރައިބިއުނަލަށް ޙާޟިރުކުރުމުގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން. - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޗިޓް ރައްދުކުރަންޖެހޭ ފަރާތްތަކަށް ޗިޓް ރައްދު ކުރުމުގެ ކަންތައް ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިންތިޒާމްކޮށް، އެކަން ރަނގަޅަށް ކުރިއަށްދާކަން ބަލާ ޔަޤީންކުރުން. - ޓްރައިބިއުނަލަށް ބަލައިގަންނަ މައްސަލަތަކުގެ ދަފްތަރު ބެލެހެއްޓުން. - ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތައްބަލާ ނިމުމާއިއެކު މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ތައްޔާރުކުމުގައި އެހީތެރިވެދިނުން. - ޓްރައިބިއުނަލުގެ މަސައްކަތްތަކާމެދު އާންމުންނާއި، މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް ބޭނުންވާ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކޮށް، އެފަދަ ކަންކަން ރާވާ ހިންގުމަށް އެހީތެރިވެދިނުން. - ޓްރައިބިއުނަލުން ޙަވާލުކުރާ އެހިނިހެން އިދާރީ މަސައްކަތްކުރުން.  | 
| 
 ޝަރުތު: - ޖީ.ސީ.އީ އޭ ލެވެލް 2 މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެޗް.އެސް.ސީ އިމްތިޙާނުގައި ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ، - ޖީ.ސީ.އީ އޯލެވެލް ގައި އިނގިރޭސި މާއްދާ ހިމެނޭ ގޮތަށް 5 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކެ އެސް.އެސް.ސީ އިމްތިޙާނުގައި ދަށްވެގެން ދިވެހި މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.  | 
|
| 
 ހުށަހަޅަން ޖެހޭ ތަކެތި: 
 
 މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.  | 
|
| 
 ހުށަހަޅާނެގޮތް  | 
 ތާރީޚާއި ގަޑި  | 
| 
 ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ނުވަތަ، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އަށް މެއިލްކުރެއްވުން.  | 
 28 ޑިސެންބަރ 2020 14:00 ގެ ކުރިން  | 
މިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށް ގުޅުއްވުން އެދެމެވެ.
21 ޑިސެންބަރ 2020މ.