ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FNK-I/IUL/2020/296
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 16:31
ސުންގަޑި: 24 ޑިސެންބަރު 2020 14:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުންޏަށް ބޭނުންވާ ޓްރާންސްފޯމަރ، އޭ.ސީ.ބީ. ޕެނަލް އަދި ރިންގް މެއިން ޔުނިޓް ގަތުމާއި ގުޅޭ

ނަންބަރ:FNK-I/IUL/2020/296

އިޢުލާން

މިކުންފުންޏަށް ބޭނުންވާ ޓްރާންސްފޯމަރ، އޭ.ސީ.ބީ. ޕެނަލް އަދި ރިންގް މެއިން ޔުނިޓް ގަތުމާއި ގުޅޭ:

މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާ އެއްގޮތަށް މި ކުންފުންޏަށް ބޭނުންވާ ޓްރާންސްފޯމަރ، ރިންގް މެއިން ޔުނިޓް އަދި އޭ.ސީ.ބީ ޕެނަލް ގަތުމަށް ބޭނުންވެއެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ފަނަރަ ހާސް (15,000.00 USD) ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.

ބިޑް ސެކިއުރިޓީ ވާންވާނީ:

-          އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ (ނުވަތަ)

-          ބޭންކް ގެރެންޓެޑް އަދި ސްޓޭމްޕް ޖަހާފައިވާ ޗެކެއް (ނުވަތަ)

-          މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް.


         ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނީ އަންދާސީ ހިސާބު ހުށަހަޅުއްވާ ކުންފުނީގެ ނަމުގައެވެ. ބިޑް ސެކިއުރިޓީ ބާޠިލްވާ މުއްދަތު، އަންދާސީ ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ. މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

22 އިން 24 ޑިސެމްބަރ 2020

09:00 އިން 14:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

28 ޑިސެމްބަރ 2020

14:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

04 ޖެނުއަރީ 2021

10:00 ހެނދުނު

 

     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

21 ޑިސެންބަރު 2020