މަސައްކަތް
ނަންބަރު: (IUL)285-A/285/2020/60
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 28 ޑިސެންބަރު 2020 13:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހެނބަދޫގެ އާ ޤަބުރުސްޠާނުގެ ގަސްތަށް ނޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 

                                      ނަންބަރު: IUL)285-A/285/2020/60)

އިޢުލާން

 ނ.ހެނބަދޫގެ އާ ޤަބުރުސްޠާނުގެ ގަސްތަށް ނޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

            މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ނ.ހެނބަދޫގެ އާ ގަބުރުސްޠާން ވިނަ ނޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޑިސެންބަރ 2020 ވާ ހޯމަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޑިސެންބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖުމާދަލްއޫލާ 1441

20 ޑިސެންބަރ 2020

 

 

                                              ހުސައިން އަބޫބަކުރު

                                        ހެނބަދޫ ކައުންސިލްގެ ނައިބް ރައީސް

20 ޑިސެންބަރު 2020