ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/1/2020/27
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 16:06
ސުންގަޑި: 31 ޑިސެންބަރު 2020 12:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު

       

ވަޒީފާގެ ފުރުޞަތު

ތާރީޚް

 

17 ޑިސެންބަރު 2020

ނަންބަރު

IUL)168-CA/1/2020/27)

ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް

މަޤާމު:

ޑިރެކްޓަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު 13,650 ރުފިޔާ

- ލިވިންގ އެލަވަންސް 3000 ރުފިޔާ

- ސާރވިސް އެލަވަންސް 3500 ރުފިޔާ

- ފޯނު އެލަވަންސް: 500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުޠު:

  1. މަސައްކަތާގުޅޭ ދާއިރާއަކުން މާސްޓަރސް ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 9 ވަނަ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  ނުވަތަ،
  2. މަސައްކަތާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

ނޯޓް: މަސައްކަތާގުޅޭ ދާއިރާ ކަމުގައި ބަލާނީ އިންސާނީ ޙައްޤުތަކުގެ ދާއިރާ ނުވަތަ ޤާނޫނީ ދާއިރާއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

1-      ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅުންހުރި ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

2-      ކޮމިޝަނުގެ ފަރާތުން ޝަރީޢަތަށް ފޮނުވާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުންތައް އެކުލަވާލުމާއި ޝަރީއަތުގެ މަޖިލީހުގައި ކޮމިޝަން ތަމްސީލް ކުރުން.

3-      ހެދިފައިވާ އަދި އަލަށް އެކުލަވާލެވޭ ޤާނޫނުތަކާއި ޤަވައިދުތަކާއި އިދާރީ އުޞޫލުތައް ރިވިއުކުރުމަށްފަހު ކޮމިޝަނުގެ ފަރާތުން ހުށަހަޅާ ކަންކަން ކަމާބެހޭ ފަރާތްތަކާ ޙިއްޞާކުރުން. 

4-      ކޮމިޝަނުގެ މަސައްކަތްތަކަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.

5-      ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ޤާނޫނީ ލަފާ ބޭނުންވާ މައްސަލަތަކަށް ޤާނޫނީ ލަފާދިނުން.

6-      ޤައުމުގެ އިންސާނީ ޙައްޤުތަކުގެ ހާލަތާ ގުޅިގެން ކޮމިޝަނުން ބޭނުންވާ ޤާނޫނީ ލަފާދިނުން.

7-      ކޮމިޝަނުގެ ޤާނޫނު ރިވިއު ކުރުމާއި، ކޮމިޝަނުގެ ޤަވައިދުތަކާއި، އުޞޫލުތަކާއި އެސްއޯޕީތައް އެކުލަވާލުމާއި ރިވިއު ކުރުމުގެ މަސައްކަތް ކުރުން.

8-      ހެދިފައިވާ އަދި އަލަށް އެކުލަވާލެވޭ ޤާނޫނުތަކާއި ޤަވާއިދުތަކުން ކޮމިޝަނަށް ލާޒިމް ކުރާ ކަންކަން ފާހަގަކޮށް، އެކަންކަން ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.

9-      އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތަކުންނާއި، އދ. ގެ އިންސާނީ ޙައްޤުތަކުގެ ނިޒާމުގެ ދަށުން ދިވެހިރާއްޖެއަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން، ހިއުމަން ރައިޓްސް ކޮމިޝަނުން ކުރުން ލާޒިމް ކުރާ ކަންކަން ފާހަގަކޮށް، އެކަންކަމާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ އެންމެހާ ކަންކަން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.

10-  އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތަކުގައި، ރާއްޖެ ބައިވެރިވުމުގެއާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތައް ރާއްޖޭން ތަޞްދީޤު ކުރުމުގައި، ސަރުކާރަށް މަޝްވަރާއާއި ލަފާ ދިނުމާއި، ހުށަހަޅަންޖެހޭ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

11-  ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށްގެންދިޔުން.

12-  ކޮމިޝަނުން އެކި ފަރާތްތަކާއެކު ހަދާ އެއްބަސްވުންތަކާއި އެމްއޯޔޫ އެކުލަވާލުމުގެ މަސައްކަތް ކުރުން

13-  އެނުއަލް ވަރކްޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން ޑިޕާޓްމަންޓްގެ އެކްޓިވިޓީ ޕްލޭން ތައްޔާރުކޮށް، މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް، ހަރަކާތްތަކުގައި ޓައިމްލައިން ކަނޑައަޅާ އެ ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން

14-  ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ރިވިއުކޮށް، މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދޭންޖެހޭ ލަފާއާއި އިރުޝާދު ދިނުން.

15-  ޑިޕާޓްމަންޓް އިން ކުރިޔަށް ގެންދާ މަސައްކަތްތައް މޮނިޓަރކޮށް، ރިވިއުކޮށް ބަދަލުގެންނަން ޖެހޭ ކަންކަން ފާހަގަކޮށް، އެބަދަލުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން 

16-  ކުރިޔަށް އޮންނަ އަހަރަށް ޑިޕާޓްމަންޓްގެ އެނުއަލް ވަރކްޕްލޭން އެކުލަވާލުން

17-  ޑިޕާޓްމަންޓް މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޑިޕާޓްމަންޓް މީޓިންގ ހަފްތާއަކު އެއް ފަހަރު ބޭއްވުން

18-  ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ޑިޕާޓްމަންޓް މުވައްޒަވުންގެ ޕަރފޯމަންސް ޓާގެޓްސް ކަނޑައަޅައި މިޑް އިޔަރ އަދި އިޔަރ އެންޑް ރިވިއު ހެދުމާއި، ޕަރފޯމަންސް އެޕްރެއިސަލް ތައްޔާރުކޮށް

19-  ޑިޕާޓްމަންޓްއަށް އަލަށް ވައްދާ މުވައްޒަފުންގެ ޕްރޮބޭޝަން ރިވިއު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ހިއުމަން ރިސޯސް ޔުނިޓާ ހިއްސާ ކުރުން

20-  އެނުއަލް ވަރކްޕްލޭންގައި ހިމެނޭ ހަރަކާތްތަކާއި ޑިޕާޓްމަންޓުން ކުރުމަށް ކޮމިޝަނުން ނިންމާ ކަންކަން ހިނގާ ނުހިނގާ މިންވަރު ދެނެގަނެ، އެގްޒެކެޓިވް ބައްދަލުވުން އަދި އެނުއަލް ވަރކްޕްލޭން ރިވިއު ބައްދަލުވުމުގައި ބައިވެރިވެ ހުށަހެޅުން.

21-  ޑިޕާޓްމަންޓްގެ އެޗްއޯޑީގެ ހައިސިއްޔަތުން ބައިވެރިވާން ޖެހޭ ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ޤަވައިދުން ބައިވެރިވެ، ކުރުމަށް ކަނޑައަޅާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ކުރުން

22-  މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 

23-  ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.

24. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން

ސުންގަޑި

2020 ޑިސެންބަރު 31 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

އެހެނިހެން

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. ސާރވިސް އެލަވަންސްއާއި ލިވިންގ އެލަވަންސް ލިބޭނީ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފިނަމަ ވަޒީފާ ދާއިމީ ކުރާ ތާރީޚުން ފެށިގެންނެވެ.
  3. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  5. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  6. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މއ. އުތުރު ވެހި، 5 ވަނަ ފަންގިފިލާ) ގައެވެ.
  7. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  8. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  9. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  10. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  11. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  12. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.  
  13. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
         

                   

 

 

 

17 ޑިސެންބަރު 2020