މަސައްކަތް
ނަންބަރު: (IUL)234-C/234/2020/27
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 23 ޑިސެންބަރު 2020 11:30
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ބޮޑުކާށިހުރާ ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

އދ. ބޮޑުކާށިހުރާ ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

            މިކައުންސިލާއި ބެލެހެއްޓުން ޙަވާލުކޮށްފައިވާ އދ.ބޮޑުކާށިހުރާ ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ރަށް ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި 23 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 11:30 ގެ ކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

މި ރަށާއި ގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތު ޝީޓް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ހުށައެޅޭ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ 23 ޑިސެމްބަރ 2020 ވާ ބުދަ ދުވަހު 11:30 ގައި މިއިދާރާގެ ފަރާތުން އެކަމަށް ބޭއްވޭ އޮންލައިން ބައްދަލުވުމަށް، ޕްރޮޕޯސަލް ހުށަހަޅާ ހުރިހާ ފަރާތްތަކަށް ލިންކް ފޮނުވާލުމުން، ބައިވެރިވެލައްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

 

                14 ޑިސެމްބަރ 2020           

                29 ރަބީޢުލްއާޚިރު 1442                      

              

 

                                                    (ސޮއި)

                                 ޢަލީ ނަޞީރު

                                              އދ.އަތޮޅު ކައުންސިލްގެ ރައީސް

14 ޑިސެންބަރު 2020