ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)328-HR/328/2020/76
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 17 ޑިސެންބަރު 2020 13:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ (ވޭޖް އުޞޫލުން 01 އަހަރު)

ވަޒީފާގެ ފުރުޞަތު

ސެކިއުރިޓީ އޮފިސަރ (ވޭޖް އުޞޫލުން 01 އަހަރު)

މަޤާމް:

ސެކިއުރިޓީ އޮފިސަރ

މަޤާމްގެ ނަމްބަރު:

 -

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

 -

މަޤާމުގެ ރޭންކް:

 -

މަޤާމުގެ ކުލެސިފިކޭޝަން:

 -

މަސައްކަތް ކުރަންޖެހޭ ތަން

 

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

ހިއުމަންރިސޯސް ސެކްޝަން

މުސާރަ:

3000.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

ނައިޓް ޑިއުޓީ އެލަވަންސް

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ރަމަޟާންމަހު މަސައްކަތް ކުރާނަމަ ރަމަޟާން މަހުގެ އެލަވަންސް

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކުރެންދޫ ކައުންސިލް އިދާރާގެ ޢިމާރާތާއި، ގޯތިތެރެ އާއި ގޯތިވަށައިގެންވާ މަގުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން
  • މަސައްކަތު ގަޑީގައި އާދަޔާ ޙިލާފު ކަމެއް ހިނގާފިނަމަ މިއިދާރާގެ ކަމާއިބެހޭ ވެރިޔަކަށް ލަސްނުކޮށް އެންގުން
  • ސެކިއުރިޓީގެ އިހްމާލުން ގެއްލޭ ނުވަތަ ހަލާކުވާ އެއްޗެއްގެ ޒިންމާ ވާންވާނެ
  • ސެކިއުރިޓީ ރަސްމީ މަސައްކަތު ގަޑީގައި ބޮޑުދޮރު، ކުޑަދޮރު، ފެންމޯޓަރު އަދި އެއަރކޯނު ރަގަޅަށް ޗެކްކުރަންވާނެއެވެ.
  • އިދާރާ ބަންދުކޮށްފައި ހުންނައިރު ދޮރެއް ހުޅުވައި ހުރިކަން، ފެންމޯޓަރު އާދަޔާ ޚިލާފަށް ޖެހިފައިހުރިކަން، އަދި އެއާރކޯންޖެހިފައިހުރިކަން، އެގިއްޖެނަމަ ވީހާވެސް އަވަހަކަށް އިދާރާގެ ވެރިޔަކަށް އަންގަންވާނެއެވެ.
  • ނުރަސްމީ ގަޑީގައި އިދާރާގެ މުވައްޒަފުން ފިޔަވައި އެހެން މީހަކު އިދާރާގެ ގޯތިތެރެއަށް ވަނުންމަނާކުރަންވާނެއެވެ. އެފަދަ މީހަކު ނުވަތަ ބަޔަކަށް އިދާރާއަށް ވަނުމަށް ހުއްދަދެވޭނީ އިދާރާގެ ވެރިއެއްގެ ނުވަތަ މުވައްޒަފަކަށެވެ.
  • ޑިއުޓީ ގަޑީގައި އިދާރާއިން ބޭރަށް ގެންދާ ތަކެއްޗާއި އެތެރެއަށްވައްދާ ތަކެތި އިދާރާގެ އަންގާ ގޮތެއްގެ މަތިން ބަހައްޓަންވާނެއެވެ.
  • އިދާރާއަށް ކުނިފާޑުގެ އެއްވެސް އެއްޗެއް އުކާނަމަ އެކަން ހުއްޓުވާ އިދާރާގެ ވެރިއަކަށް އަންގަންވާނެއެވެ.
  • އިދާރާގެ ވަށާފާރުމަތީ އެއްވެސް މީހަކު އިށީދެ، ފާރު މައްޗަށް އަރާ، އެއްޗެހި ބަހައްޓާ މިއިދާރާގެ ޙުރުމަތް ކެނޑޭފަދަ ކަމެއް ކުރާނަމަ ވަގުތުން އެކަން މަނާ ކުރަންވާނެއެވެ.
  • ކޮންމެ ދުވަހަކު ހެނދުނު 06:00ގައި މިއިދާރާގެ ދިދަ ނަގައި ބޭރު ބޮކިނިއްވާ އަދި ހަވިރު 06:00 ގައި މިއިދާރާގެ ދިދަ ތިރިކޮށް ބޭރުގައި ދިއްލާފައި ހުންނަ ދިއްލުންތައް ނިއްވަންވާނެއެވެ.
  • ކޮންމެ ދުވަހަކު ހެނދުނު ޒުވާނުންގެ މަރުކަޒު ބޭރު ދިއްލުންތައް ނިއްވަންވާނެއެވެ.
  • ޙާއްސަ މުނާސަބަތުތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުތުތައް:

1- ލިޔަންކިޔަން ދަތުމާއި އެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ

2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގާދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުން ކިޔަން އެނގޭފަދަ ކޮޕީއެއް)
  4. ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްލާފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން  ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާސްކުރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކުރިޕްޓްގެ ކޮޕީ،

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ؛ 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1- މިފަދަ ވަޒީފާ އެއްގައި އުޅެތަޖުރިބާ ލިބިފައިވުން

2- ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

3- ސެކިއުރިޓީ ގައިޑެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ޤާބިލް ކަންހުރި މީހެއްކަމުގައިވުން

އިންޓރަވިއު މިމަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު އޮންނަ ތާރީޚެއް މިއިދާރާ އިން އަންގާނެ ވާހަކަ ދަންނަވަމެވެ.

  • އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: 17 ޑިސެމްބަރު 2020 (ބުރާސްފަތި) ދުވަހުގެ 13:00ގެ ކުރިން ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާ އަށެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކެޝަން ފޯމް.

2- ސިވިލްސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދަރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް

5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6620450،6620460  ފޯނާއެވެ.

އީމެއިލް އެޑްރެހަކީ :[email protected] އެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޑިސެންބަރު 2020