ދިވެހިރާއްޖެ
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތް
| 
 ލޯގޯ ފަރުމާކުރުން  | 
 ނަންބަރު: 07(IUL)223/1/2020/  | 
| 
 ތާރީޚް: 09 ޑިސެންބަރ 2020  | 
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރަސްމީ ލޯގޯ ކަނޑައެޅުމަށްޓަކައި މުބާރާތެއްގެ ގޮތުގައި ލޯގޯ ފަރުމާކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލަމެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކުހާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުޢައްސަސާއެކެވެ.
މި މުބާރާތުގައި ބައިވެރިވެ އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށްދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 10،000.00 ރުފިޔާ (ދިހަ ހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ލޯގޯ ފަރުމާކުރުމަށްފަހު ތިރީގައި މިވާ ގޮތަށް ހުށަހެޅުއްވުންއެދެމެވެ.
| 
 ހުށަހަޅާނެގޮތް  | 
 ތާރީޚާއި ގަޑި  | 
| 
 ޓެކްސް އެޕީލް ޓްރައިބިއުނަލަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ނުވަތަ [email protected] އަށް މެއިލްކުރެއްވުން  | 
 24 ޑިސެންބަރ 2020 14:00 ގެ ކުރިން  | 
މިކަމާގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އަޕްލޯޑް ކުރެވިފައިވާނެއެވެ. އަދި މި މަޢުލޫމާތު މި ޓްރައިބިއުނަލްގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 22 ޑިސެމްބަރ 2020 ވަނަ ދުވަހު 14:00 ގެ ކުރިން މި ޓްރައިބިއުނަލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުންއެދެމެވެ.
09 ޑިސެންބަރ 2020މ.