ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD /IU/2020/328
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 13 ޑިސެންބަރު 2020 23:59
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ގދ.ތިނަދޫ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                      މިކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ގދ. ތިނަދޫ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޕްރޮޖެކްޓްސައިޓުގައި ދުވަހު މުސާރައަށް މަސައްކަތްކުރާނެ ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

#

މަޤާމް

ބޭނުންވާ އަދަދު

ޝަރުތު

މުސާރަ

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :

 

ލޭބަރު

17

  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.
  • ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

350 ރ (ދުވަހު މުސާރަ)

ސައިޓުން އަންގާ ގޮތުގެ މަތިން ޕްރޮޖެކްޓް މަސައްކަތުގެ އެކިއެކި މަސައްކަތްކުރުން.

 

 

މޭސަން

 

 

 

05

 

 

 

 

  • ރޭނުމާއި ތަށިމުށި ޖެހުން އަދި ޕްލާސްޓަރިނގ އާއި ޕްލަމްބިންގ ކުރުމުގެ ތަޖުރިބާއާއި ހުނަރު ލިބިފައިވުން.
  • މި ދާއިރާއާއިގުޅޭގޮތުން ތަޖުރިބާ ލިބިފައިވުން

420 ރ (ދުވަހު މުސާރަ)

ރަނގަޅު ފެންވަރެއްގައި ރޭނުމާއި ތަށިމުށިޖެހުން އަދި ޕްލާސްޓަރިންގ އާއި ޕްލަމްބިންގ މަސައްކަތް ކުރުން އަދި ދެވިފައިވާ ގަޑިއަށް އެ މަސައްކަތްތަށް ނިންމުން.

 

އިލެކްޓްރިޝަން

01

  • މަމަސައްކަތާއި ގުޅޭ ދާއިރާއަކުން ވޮކޭޝަނަލް ކޯސް ހަދާފައިވުން ނުވަތަ މި މަސައްކަތުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • އިލެކްޓްރިކަލް ވަޔަރ ކުރުމުގެ ހުއްދަ ލިބިފައިވުން.

 

420 ރ (ދުވަހު މުސާރަ)

ކުންފުންޏަށް ބޭނުންވާ އިލެކްޓްރިކަލް އަދި ކަރަންޓު ވައިރު ކުރުމުގެ މަސައްކަތް ކުރުން އަދި ދެވިފައިވާ ގަޑިއަށް މަސައްކަތްތަށް ނިންމުން.

 

ބާރބެންޑަރ

2

  • މަދުވެގެން 3 އަހަރުދުވަހުގެ ބާރބެންޑިންގ މަސައްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

420 ރ (ދުވަހު މުސާރަ)

ރަނގަޅު ފެންވަރުގައި ބާރބެންޑިންގ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

 

ޕްލަންބަރ

01

  • ޕްލަމްބިންގ ކުރުމުގެ ތަޖުރިބާއާއި ހުނަރު ލިބިފައިވުން.

420 ރ (ދުވަހު މުސާރަ)

ރަނގަޅު ފެންވަރެއްގައި ޕްލަމްބިންގ މަސައްކަތް ކުރުން އަދި ދެވިފައިވާ ގަޑިއަށް އެ މަސައްކަތްތަށް ނިންމުން.

 

ވަޒީފާގެ ބާވަތް:                       ކޮންޓްރެކްޓް –2 މަސް   

ޑިވިޜަން:                           ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަން

މަސައްކަތް ކުރަންޖެހޭ ތަން:               ކުންފުނިން ހިންގާ އެކި ޕްރޮޖެކްޓް ސައިޓްތަކުގައި / ގދ.ތިނަދޫ ސައިޓުގައި

 

މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 13 ޑިސެންބަރ  2020 ވަނަ ދުވަހުގެ 12:00 ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހެޅޭނި ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.   

ވެބްސައިޓް:  https://mtcc.mv/careers/ 

ފޯން: 3001149/ 3001120 / 3001127  

    

 

 

ނޯޓް:  

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.  
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.  
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.  
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ. 

                                   

 

 

09 ޑިސެންބަރ  2020 

09 ޑިސެންބަރު 2020