ދިވެހިރާއްޖެ
ކ. ގާފަރުގައި ޤާއިމްކުރަން ފަށާފައިވާ 25 ޓަނުގެ (50 ޓަނުގެ ސްޓޯރޭޖާއެކު) އައިސްޕްލާންޓްގެ ނުނިމި ހުރި މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިމިނިސްޓްރީގެ ނަންބަރ (IUL)30-C/30/2020/123 އިޢުލާނާއި ގުޅިގެން ލިބިފައިވާ އަގުތައް ބޮޑުވުމާއި އަދި ބީލަމާއި އެކު ހުށަހަޅަންޖެހޭނެކަމަށް ބުނެފައިވާ ލިޔުންތައް ހުށަހަޅާފައި ނުވަތީ، އެޢިއުލާން ބާޠިލްކޮށް، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ޕްރޮޖެކްޓްނަންބަރު |
ޕްރޮޖެކްޓްނަން |
ޕްރޮޖެކްޓްބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ގެރެންޓީ ދިވެހި ރުފިޔާ ( ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫ.އެސް ޑޮލަރ އިން ) |
(IUL)30-C/30/2020/138 |
ކ. ގާފަރުގައި ޤާއިމްކުރަން ފަށާފައިވާ 25 ޓަނު (50ޓަނުގެ ސްޓޯރޭޖް)ގެ އައިސްޕްލާންޓްގެ ނުނިމި ހުރި މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުން |
ބިޑް ސެކިއުރިޓީ: -/1,750 (އެއްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާ ޕާފޯމަންސް ގެރެންޓީ: -/70,000 (ހަތްދިހަ ހާސް ރުފިޔާ) |
- މި މަޝްރޫޢު ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ޕްރޮކިޔުމަންޓް އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި މަޝްރޫޢު ބެހޭ އެންމެހައި ލިޔެކިޔުންތައް 08 ޑިސެމްބަރ 2020 އިން ފެށިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓުން ( www.fishagri.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަށް ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީއާއިބެހޭ އިތުރު މަޢުލޫމާތު، "ބީލަމާބެހޭ މަޢުލޫމާތު ކަރުދާހު"ގައި ވާނެއެވެ.
- މި މަޝްރޫޢު ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ރަޖިސްޓްރީވުމަށް (އޮންލައިންކޮށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަށް ހުށަހެޅިދާނެ) އީމެއިލް ކުރައްވާނީ 15 ޑިސެމްބަރ 2020 ވާ އަންގާރ ދުވަހުގެ ( 13:00) ގެ ކުރިން، ތިރީގައިވާ އިމެއިލް އެޑްރެހަށެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބީލަން ހުށަހެޅުވުން އެދެމެވެ. ބީލަން ބަލައިގަތުން އޮންނާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައެވެ. ބީލަން ހުށަހަޅަންޖެހޭ ތާރީޚާއި ވަގުތުގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ.
- ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަންޖެހޭ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ފޯން ނަންބަރު : 3339272
އީމެއިލް: [email protected],
8. ޕްރޮޖެކްޓްތަކާއި ގުޅޭ މަޢުލޫމާތު، އެގޮތުން، ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް، ބީލަން ޝީޓް އަދި ބީލަމުގެ ޖަދުވަލުތައް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.