ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)1-POL(RA)/1/2020/51
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 1653
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް އެކުލަވާލާފައިވާ މިންގަނޑާގުޅޭ

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ

މާލެ / ދިވެހިރާއްޖެ

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމާ ގުޅޭ

 

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ބަޔަށް، އިންސާފުވެރި އަދި ހަމަހަމަކަމާއެކު، ޕޮއިންޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ، ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްގެންކަމަށް މި ކޮމިޓީއިން ނިންމައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަންނީ ލަފަޔާއެކު، "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދިނުމުގެ މިންގަނޑެއް ވަނީ އެކުލަވާލާފައެވެ.

"ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދިނުމަށް އެކުލަވާލާފައިވާ މިންގަނޑުގައި ހިމެނޭ މައުލޫމާތަކީ، އެ މައުލޫމާތު ކުރިން ހާމަކޮށްފިކަމުގައިވާނަމަ، އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މައުލޫމާތުތަކެއްކަމަށް މި ކޮމިޓީއަށް ފެންނާތީ، ތިރީގައިވާ ކެޓަގަރީތަކުގެ "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓްދޭ މިންގަނޑު، އާންމުކުރުމަށް މި ކޮމިޓީއިން ނިންމާފައިވަނީ، މި ކެޓަގަރީތަކުގެ ވަގުތީ ލިސްޓު އިޢުލާންކުރުމަށްފަހު ކަމުގައި ދަންނަވަމެވެ.

 

މިގޮތުން، "ހިޔާ މަޝްރޫޢު" ގެ ތިރީގައިވާ ކެޓަގަރީތަކުގެ ވަގުތީ ލިސްޓްތައް މިހާރު އިޢުލާންކުރެވިފައިވާތީ، މި ކެޓަގަރީތަކުގެ "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދިނުމަށް މި ކޮމިޓީއިން އެކުލަވާލާފައިވާ މިންގަނޑު މި އިޢުލާނާއެކު އާންމުކުރީމެވެ.

 

1.  H4(ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ) ކެޓަގަރީ

2. H5 (ޓީޗަރުންނަށް ޚާއްސަ) ކެޓަގަރީ

3. H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ) ކެޓަގަރީ

4. H7 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ

5. H8 (މާލޭ ރަށްވެހިންނަށް ޚާއްސަ) ކެޓަގަރީ

6. H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ

7. H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ޚާއްސަ) ކެޓަގަރީ

2020-12-07