ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) I-LAO/1/2020/50
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 31 ޑިސެންބަރު 2020 00:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
އިންކަމް ސަޕޯޓު އެލަވަންސް ދިނުމުގެ މުއްދަތު އިތުރުކުރުން

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެވޭ އިންކަމް ސަޕޯޓު އެލަވަންސް ދިނުމުގެ މުއްދަތު މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

މި އެލަވަންސް ދިނުމުގެ މުއްދަތު އިތުރުކުރެވިފައިވަނީ 9 އޮގަސްޓް 2020 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު" ގެ 11 ވަނަ މާއްދާގެ (ށ) ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަމުގައި އަންގައި އިއުލާނު ކުރީމެވެ.

21 ރަބީޢުލްއާޚިރު 1442

06 ޑިސެންބަރު 2020