ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)468-HR/468/2020/224
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 16 ޑިސެންބަރު 2020 13:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން (ކޮންޓްރެކްޓް)

އިޢުލާން                

 

މަޤާމު

އެސިސްޓެންޓް ލައިބްރޭރިއަން (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު

02 (ދޭއް)

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރު)

މަޤާމުގެ ރޭންކް:

ޖީއެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

އޮފީސް/އިދާރާ

ފުވައްމުލަކު ޕަބްލިކް ލައިބްރަރީ

މުސާރަ އާއި އެލަވަންސް

މުސާރަ: 4465.00 ރުފިޔާ

ސަރވިސް އެލަވަންސް: 1500.00 ރުފިޔާ

އެހެނިހެން އެލަވަންސް

ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 700.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް

 

 ލައިބްރަރީ ހުޅުވަން ހަމަޖެހިފައިވާ އުޞޫލުން ލައިބްރަރީގެ ޚިދުމަތް ދިނުން

 ލައިބްރަރީއިން ފޮތް ދޫކުރުން

 ޑިއުކާޑް ހަރުކުރުމާއި ތައްގަނޑު ޖެހުން. އަދި ޗެކްކުރި ކާޑް ޖެހުން

 ފޮތްތަކުގެ އެކްސެޝަން ނަންބަރު ޖެހުން

 ލައިބްރަރީގައިވާ ފޮތްތައް ސާފުތާހިރުކޮށް  ބެލެހެއްޓުން

 ލައިބްރަރީއަށް ލިބޭ ފޮތާއި ނޫސް މަޖައްލާއާއި އެހެންވެސް ލައިބްރަރީއަށް ލިބޭ ނުވަތަ ހޯދޭ ތަކެތި ހަމަޖެހިފައި އޮންނަ ނިޒާމެއްގެ ދަށުން ޕްރޮސެސްކޮށް ބެލެހެއްޓުން

 ލައިބްރަރީގެ ރިސޯސް ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިދިނުމަށް އެކުލަވާލާފައިވާ އުޞޫލްގެ ދަށުން ލައިބްރަރީ ސާރކިޔުލޭޝަން ގެ ތެރޭގައި ހިމެނޭ ފޮތްހޯދުމާއި، ރިޒަރވް ކުރުމާއި، ތަކެތި ދޫކުރުމާއި ބަލައިގަތުމާއި، އެހޭތިރިވުން.

 ކޮންމެ ހަފްތާއެއް ނިމޭއިރު އެހަފްތާއެއްގައި މުއްދަތު ހަމަވެ، އަބުރާ ނުދައްކާހުންނަ ފޮތްތައް ގެންގޮސްފައިތިބި ފަރާތްތަކާމެދު ޢަމަލުކުރަން ހަމަޖެހިފައިވާ ގަވާއިދުގެ މަތިން ޢަމަލުކުރުން

- ހުރިހާ ވަގުތެއްގައިވެސް ލައިބްރަރީގައި އަޑުމަޑުނުވާނަމަ އޮންނަ އުސޫލެއްގެ މަތިން ފިޔަވަޅު އެޅުން

  ލައިބްރަރީ ތަރައްޤީކޮށް، ޕްރޮމޯޓް ކުރުމުގައި ހުރިހާ މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުން. މިގޮތުން ޑިސްޕްލޭ ހެދުމާއި، އެކިއެކި މުނާސަބަތު ފާހަގަކުރުމާއި، އެނޫނަސް ލައިބްރަރީގައި ކުރަންޖެހޭ ކަންކަން ކުރުން

 ޝެލްފްތައް ކަނޑައެޅިފައިވާ އުޞޫލުން ތަރުތީބުކޮށް ބެލެހެއްޓުން

 ފޮތްތައް ޕްރޯސެސް ކުރުމުގައި ކަނޑައެޅިފައިވާ އުޞޫލުން މަސައްކަތްކުރުމާއި ހަލާކުވެ މަރާމާތުކުރަންޖެހޭ ތަކެތި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު މަރާމާތުކުރުމުގެ މަސައްކަތް ކުރުން.

 ލައިބްރަރީއަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމަށް އެކަމާއި ބެހޭ ފަރާތްތަކަށް ލިޔުމުން ހުށަހެޅުން، އަދި ލިޔެކިޔުމުގެ ރިކޯޑްތައް ބެލެހެއްޓުން

 ލައިބްރަރީއަށް ބޭނުންވާ ފޮތް އަދި ފަރުނީޗަރު ފަދަ ތަކެތި ހޯދުމުގައި އެހީތެރިވުން

 ސެކްޝަނުން ކުރާ މަސައްކަތަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން

 

މަޤާމުގެ ޝަރުތު

'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)  
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

    6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

    7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.           

މަސައްކަތު ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

8   . ޕޮލިސް ރިޕޯޓުގެ އަސްލު

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މަޤާމުގެ ދާއިރާއިން ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

ލިބިފައިވާ ހުނަރު

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޑިސެމްބަރ 2020 ގެ 13:00 ގެ ކުރިން، ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް (  ([email protected] މެއިލް އެޑްރެސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 17 ޑިސެމްބަރ 2020 އާއި 24 ޑިސެމްބަރ 2020 އާއި ދެމެދު ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާޣެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

 މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  ފޯން ނަންބަރ 6862835 ،ފެކްސް: 6862831

އީމެއިލް: [email protected]  

07 ޑިސެންބަރު 2020