ދިވެހިރާއްޖެ
އަތިރިރުއްގަނޑު ކުއްޔަށް ދޫކުރުމުގެ އުޞޫލު
| 
 ތައާރަފާއި ނަން  | 
 1.  | 
 މިއީ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު އަތިރިރުއްގަނޑު ކުއްޔަށް ދޫކުރުމުގައި އަމަލުކުރުމަށް މިކައުންސިލުން ކަނޑއަޅާފައިވާ އުޞޫލުއެވެ. އަދި އަތިރިރުއްގަނޑު ކުއްޔަށް ދޫކުރުމުގައި އަމަލުކުރަމުންދާނީ މިއުޞޫލާއި އެއްގޮތްވާގޮތުގެ މަތީންނެވެ. އަދި މިއުޞޫލަށް ކިޔާނީ " އަތިރިރުއްގަނޑު ކުއްޔަށް ދޫކުރުމުގެ އުޞޫލު" މިއެވެ.  | 
|
| 
 އުޞޫލު ހިންގާ ތަންފީޒުކުރާ ފަރާތް  | 
 2.  | 
 
  | 
 މިއުޞޫލު ހިންގާ ތަންފީޒު ކުރުމުގެ އެންމެހާ ކަންކަން ކުރާނީ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާއިންނެވެ.  | 
| 
 މަޤްސަދު  | 
 3.  | 
 
  | 
 މިއީ ށ. ކަނޑިތީމު އަތިރިރުއްގަނޑުން ރައްޔިތުންނަށް ލިބެންޖެހޭ މާލީ ނަފާ ލިބެނިވިގޮތަކަށް ކުއްޔަށް ދިނުމުގެ ކަންކަން ވީހާވެސް ހާމަކަން ބޮޑު، އިންސާފާއި ހަމަހަމަކަމާއިއެކު ދެފުއްފެންނަ ގޮތަކަށް އިންތިޒާމުކުރުމަށް އެކުލަވާލެވިފައިވާ އުޞޫލެކެވެ.  | 
| 
 ޢަމަލުކުރަންފަށާ ތާރީޙް  | 
 4.  | 
 (ހ)  | 
 މިއުޞޫލަށް ޢަމަލުކުރަންފަށާނީ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލުން މިއުޞޫލު ފާސްކުރާ ދުވަހުން ފެށިގެންނެވެ.  | 
| 
 މިއުޞޫލުގެ ދަށުން ކުއްޔަށް ދޫކުރޭ ރުއްގަނޑު  | 
 5.  | 
 
  | 
 މިއުޞޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭނީ މިރަށު ބަނދަރު ސަރަޙައްދުގައިވާ ރުއްގަނޑެވެ.  | 
| 
 ރުއްގަނޑު ކުއްޔަށް ދޫކުރުން  | 
 6.  | 
 (ހ)  | 
 އަތިރިރުއްގަނޑު ކުއްޔަށް ދޫކުރެވޭނީ ޢާންމުކޮށް އިޢުލާނުކޮށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކަށްބަލާ، އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށެވެ. (މަސައްކަތް ކުރިޔަށް ގެންދަންވީ ގޮތުގެ އެސް.އޯ.ޕީ ޖަދުވަލް 2 )  | 
| 
 
  | 
 
  | 
 (ށ)  | 
 އަތިރިރުއްގަނޑު ކުއްޔަށް ދޫކުރުމަށް 2 ވަނަ ފަހަރަށް ޢާންމުކޮށް އިޢުލާންކުރުމުން އެއްފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތުން ހުށަހަޅާފައިވަނީ އެކަށީގެންވާ ކުއްޔެއް ކަމަށް ކައުންސިލަށް ގަބޫލުކުރެވޭނަމަ، ރުއްގަނޑު އެފަރާތަށް ކުއްޔަށް ދޫކުރުމުގެ އިޙުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި ހުށަހަޅާފައިވާ ކުއްޔަކީ އެކަށީގެންވާ ވަރަށްވުރެ ދަށްކުއްޔެއްކަމަށް ކައުންސިލަށް ގަބޫލުކުރެވޭނަމަ އެއިއުލާނު ބާތިލުކުރެވޭނެވެ.  | 
| 
 
  | 
 
  | 
 (ނ)  | 
 އަތިރިރުއްގަނޑު ކުއްޔަށް ދޫކުރުމަށް ޢާންމުކޮށް އިޢުލާންކުރުމުން، އެއްފަރާތަށްވުރެގިނަ ފަރާތްތަކުން ހުށަހަޅާފައިވާ އެންމެ މަތީ ކުލި އެއްވަރުވާނަމަ، ކުލި އެއްވަރުވާ ފަރާތްތަކުގެ ތެރެއިން ކުއްޔަށް ނަގާ ފަރާތް ކަނޑައަޅާނީ، ކުލި އެއްވަރުވާ ފަރާތްތަކުގެ މެދުގައި ކުލި، އަލުން ހުށަހެޅުމަށް ފުރުޞަތު ދީ އެންމެ މަތީ ކުލި ހުށަހަޅާ ފަރާތަކަށެވެ. މިގޮތުން، ކުލި އަލުން ހުށަހެޅުމަށް ލިބޭ ފުރުޞަތުގައި އެއްވަރުވި ކުއްޔަށްވުރެ ދަށް ކުއްޔެއް ހުށަހަޅައިގެންނުވާނެވެ.  | 
| 
 
  | 
 
  | 
 (ރ)  | 
 އަތިރިރުއްގަނޑު ކުއްޔަށް ދޫކުރުމަށް 2 ފަހަރު އާންމުކޮށް އިޢުލާންކުރުމުން އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާނަމަ، ކައުންސިލުން ކަނޑައަޅާ ފަރާތަކަށް އެކަށީގެންވާ ކުއްޔަކަށް އަތިރިރުއްގަނޑު ކުއްޔަށް ދެވިދާނެވެ.  | 
| 
 
  | 
 
  | 
 (ބ)  | 
 އަތިރިރުއްގަނޑު ކުއްޔަށް ދޫކުރެވޭނީ، ކައުންސިލާއި ކުއްޔަށް ދިނުމަށް ކަނޑައަޅާ ފަރާތަކާއިއެކު ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސްވުމުގައި ހިމަނަންޖެހޭ މައިގަނޑު ބައިތައް:- 
  | 
| 
 ކުއްޔަށް ދޫކުރެވޭ ރުއްގަނޑުގައި ކުރެވޭނެ ކަންތައްތައް  | 
 7.  | 
 
  | 
 މިއުޞޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ރުއްގަނޑުގައި ކުރެވޭނެ ކަންތައްތައް ތިރީގައި އެވަނީއެވެ. 
  | 
| 
 ކުއްޔަށް ދޫކުރެވޭ މުއްދަތު  | 
 8.  | 
 
  | 
 އަތިރިރުއްގަނޑު ކުއްޔަށް ދޫކުރެވޭ އެންމެ ދިގު މުއްދަތަކީ 3 (ތިނެއް) އަހަރު ދުވަހެވެ.  | 
| 
 ކުލި ދެއްކުން  | 
 9.  | 
 (ހ)  | 
 މި އުޞޫލުގެ 6 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ އެއްބަސްވުމާއި އެއްގޮތަށް ކުލީގެ ގޮތުގައި ކައުންސިލަށް ދިނުމަށް ކަނޑައެޅިފައިވާ ކުލި ކޮންމެ މިލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ދައްކަންވާނެއެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 ކުލީގެ ގޮތުގައި ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދައްކަފިނަމަ ޖޫރިމަނާގެގޮތުގައި އިތުރުށް ހިނގާ ކޮންމެ ދުވަހަކަށް ކުލީގެ ގޮތުގައި ދައްކާފައިސާގެ ތެރެއިން %2 (ދެ ޕަސަންޓް) ފައިސާ ނަގަންވާނެއެވެ.  | 
| 
 
  | 
 
  | 
 (ނ)  | 
 ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ 2 މަސްދުވަހަށް ވުރެ އިތުރުވާނަމަ ރުއްގަނޑު ބޭނުންކޮށްގެން ނުވާނެވެ. އަދި ދޫކުރެވިފައިވާ ފަރާތުން ރުއްގަނޑު ނެގުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.  | 
| 
 ކުއްޔަށް ދޫކުރެވޭ ފަރާތްތައް  | 
 10.  | 
 
  | 
 އަތިރިރުއްގަނޑު ކުއްޔަށް ދޫކުރެވޭނީ، އުމުރުން 18 (އަށާރަ) އަހަރުވެފައިވާ ދިވެހިރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ ކުންފުންޏެއް/ ލޯކަލް އިންވެސްޓްމަންޓްއެއް/ ކޯޕަރޭޓިވް ސޮސައިޓީއެއް/ ޖަމުޢިއްޔާއަކަށެވެ.  | 
| 
 ކުއްޔަށް ހިފުމަށް އެދި ހުށަހެޅުން  | 
 11.  | 
 (ހ)  | 
 އަތިރިރުއްގަނޑު ކުއްޔަށް ހިފުމަށް އެދި ހުށަހަޅާނީ މިއުޞޫލުގެ ޖަދުވަލް 1 ގައިވާ ފޯމުންނެވެ.  | 
| 
 ޖޫރިމަނާ ކުރުމާއި ފިޔަވަޅު އެޅުން  | 
 12.  | 
 (ހ)  | 
 މިއުޞޫލުގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެނަމަ ތިރީގައި ބަޔާންކުރެވިފައިވާގޮތަށް ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ 
  | 
| 
 
  | 
 
  | 
 (ށ)  | 
 ތިންފަހަރު ޖޫރިމާނާ ކުރުމުންވެސް އުޞޫލާއި އެއްގޮތަށް އަމަލުކުރަމުން ނުދާކަމަށް ސާބިތުވެއްޖެނަމަ، ނުވަތަ އެއްބަސްވުމުގެ މާއްދާއަކާއި ހިލާފުވެއްޖެނަމަ ކޮންޓްރެކްޓް ބާޠިލްކުރުމުގެ އިޙްތިޔާރު ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.  | 
| 
 
  | 
 
  | 
 (ނ)  | 
 މިއުޞޫލާ ޚިލާފުވެގެން ކުރެވޭ ޖޫރިމަނާގެ ފައިސާ 7 ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ދައްކާ ޚަލާސް ނުކޮށްފިނަމަ ޝަރުއީ ކޯޓެއް މެދުވެރިކޮށް ފައިސާ ހޯދުމުގެ ބާރު ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.  | 
| 
 އުޞޫލަށް ބަދަލުގެނައުން  | 
 13.  | 
 
  | 
 މި އުޞޫލުގެ އެއްވެސް މާއްދާއަކަށް ބަދަލު ގެނެވޭނީ އެބަދަލެއް ނުވަތަ އެ އިސްލާޙެއް ކައުންސިލަށް ހުށަހަޅާ ފާސްކޮށްގެނެވެ.  | 
| 
 މާނަކުރުން  | 
 14.  | 
 1.  | 
 "ކައުންސިލް" ކަމުގައި ބުނެފައި އެވަނީ، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާ އަށެވެ.  |