ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)247-CA/247/2020/121
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 16 ޑިސެންބަރު 2020 13:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމު:

     ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-289406

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާ / ހއ. ހޯރަފުށި

 މުނިސިޕަލް ސަރވިސް ޔުނިޓް

މުސާރަ:

-/6,295 (ހަހާސް ދުއިސައްތަ ނުވަދިހަފަސް ރުފިޔާ) (މަހަކު)

ސަރވިސް އެލަވަންސް:

-/2,000 (ދެހާސް ރުފިޔާ) (މަހަކު)

އެހެނިހެން އެލަވެންސް:

  1. ޓެކްނިކަލް ކޯ އެލަވެންސްގެ ގޮތުގައި 1762.60 ރުފިޔާ
  2. ޓެކްނިކަލް ކޯ އެލަވަސް އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ.
  3. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭ އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މުނިސިޕަލް ސަރވިސް ސެކްޝަނަށް ލިބޭ ސިޓީ މެސެޖްފަދަ ތަކެއްޗަށް ޞައްޙަ މަޢުލޫމާތު އެއްކޮށް ސެކްޝަނާއި ޙަވާލުވެގެން ހުންނަވާ އިސްވެރިޔާގެ މަޝްވަރާއާއެކު ސެކްޝަން އޯވަސިސް ކުރައްވާ ކައުންސިލް މެމްބަރުގެ ލަފާގެ މަތީން ކައުންސިލުންދޭ ޖަވާބުތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޮނުވުމާއި ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
  2. ދީނީ ގޮތުންނާއި ޤައުމީ ގޮތުން ފާހަގަ ކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުމުގެ މަސައްކަތްތަކުގައި އެހިތެރިވެދިނުމާއި ރަށުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ހިންގާ ޚާއްޞަ ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން.
  3. ރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކާއި ބަނދަރު ކުނިކަހާ ސާފުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރި ކުރުމުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލައި ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.
  4. ރަށުގައި ހުންނަ ޕާރކް ތަކާއި މައިދާންފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވުމާއި ބަންދުކުރުން.
  5. ރަށުގައި ދަނޑުވެރިކަމާއި މަސްވެރިކަން އާލާކޮށް ދިރުވައި މިސިނާޢަތުގައި ޙަރަކާތްތެރިވާ މީހުންގެ ރެކޯޑް ބެލެހެއްޓުމާއި، ރަށުގައި އުފެދިފައިވާ ކުލަބް ޖަމްޢިއްޔާ ޖަމާޢަތް ތަކުގެ ދަފްތަރު ލިޔެބެލެހެއްޓުމާއި، ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އަދާހަމަކުރުން.
  6. މުނިސިޕަލް ސަރވިސް ސެކްޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި އެކި އެކި ޕްރޮޖެކްޓް ތަކާއި ހިންގާ ޙަރަކާތް ތަކުގެ މަޢުލޫމާތު ކައުންސިލްގެ އިދާރާގެ ދުވަހު ޔައުމިއްޔާގައި ހިމެނުމަށް ކޯޕަރޭޓް އެފެއާޒަށް ދުވަހުން ދުވަހަށް ދިނުން.
  7. މުނިސިޕަލް ސަރވިސް ސެކްޝަނުން ތައްޔާރު ކުރަންޖެހޭ އެކި އެކި ރިޕޯޓްތައް ތައްޔާރު ކުރުމަށްފަހު އެރިޕޯޓްތައް ފޮނުވަންޖެހޭ ތާރީޚަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  8. އެކިއެކި ބޭނުން ތަކަށް މަގުކޮނުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ ޤަވާޢިދުން އެކަމުގެ ހުއްދަ ލިޔުމުން ދިނުން.
  9. ރަށުގައި ގެންގުޅޭ އެއްގަމު އުޅަނދު ފަހަރާއި، ކަނޑުއުޅަނދު ފަހަރުގެ ރަޖިސްޓްރީ ލިޔެބެލެއްޓުމާއި، އެއްގަމު އުޅަނދު ފަހަރާއި ކަނޑު އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  10. ކައުންސިލްގެ އިދާރާ ހުޅުވާ ލެއްޕުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލެއްގެ މަތީން ކުރުން.
  11. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  12. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ތައުލީމީ ރޮނގުތައް:

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕްރޮޖެކްޓް މެނޭޖްމަންޓް
 
  • ޕްރޮޖެކްޓް މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. "ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް" ނުވަތަ އަ.ޑީ.ކާޑު ގެއްލިފައިވާ ނަމަ، އެފަރާތެއްގެ އުފައްދުވަހުގެ ސެޓުފިކެޓް، ޕާސްޕޯޓް، ނުވަތަ ޑްރައިވިންގ ލައިސެންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް  ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

ވަޒިފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

80

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

އިމްތިޙާން

"ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

245

100

100

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޑިސެންބަރު 16 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ޑިސެންބަރު 20އާއި
2020 ޑިސެންބަރު 26 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޟީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6500012 ނުވަތަ 6500030 ފޯނާއެވެ. އަދި އިމޭއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢަޔަންނުކުރުމުގެ މިންގަނޑުތަކާއި، އުޞޫލުތައް އަދި އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އަޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu)  އިން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 ރަބީޢުލްއާޚިރު 1442

06 ޑިސެންބަރު 2020