މަސައްކަތް
ނަންބަރު: (IUL)30-C/30/2020/131
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މިމިނިސްޓްރީގެ އޮއިވާލި ކަނދުފަތި ޤާއިމުކުރުމަށް ބޭނުންވާ ގައު، މި މިނިސްޓްރީއިން އެދޭ އަދަދަކަށް 02 އަހަރު ދުވަހުގެ މުއްދަތަކަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢިލާން (IUL)30-C/30/2020/112 (01 ނޮވެމްބަރ 2020) އާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް، ކަނޑައެޅިފައިވާ ބަޖެޓަށްވުރެން ބޮޑުވުމާއި، މަޢުލޫމާތަށް ބަދަލުއައުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339257 އަދި 3339267 ނަންބަރު ފޯނަށެވެ.

02 ޑިސެންބަރު 2020