| މަޤާމް: | 
އައިލެންޑް ކޯޑިނޭޓަރ | 
| ބޭނުންވާ ޢަދަދު: | 
 04 | 
| މަސައްކަތް ކުރަންޖެހޭ ތަން: | 
- ލ. ގަން (1)
 
- ލ.ކުނަހަންދޫ (1)
 
- ލ.ކަލައިދޫ (1)
 
- ލ.އިސްދޫ (1)
 
- މީގެ އިތުރުން ވަޒީފާއާގުޅޭ މަސައްކަތް ކުރުމަށް އަތޮޅުގެ އެހެން ރައްރަށަށް ދިއުން.
 
 
 | 
| ވަޒީފާގެ މުއްދަތު:  | 
6 މަސް (މަސައްކަތުގެ ފެންވަރާއި ހުނަރަށް ބެލުމަށްފަހު 6 މަހުން ކޮންޓްރެކްޓް އާކުރެވޭނެ) | 
| 
 އަސާސީ މުސާރަ: 
އެލަވަންސް: 
 | 
- -/5000 ރުފިޔާ 
 
- ހަމަޖެހިފައިވާ ޢުސޫލުން އެލަވަންސް ހަމަޖައްސައިދެވޭނެ
 
 
 | 
| ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: | 
- ދަނޑުތަކުގައި މަސައްކަތްތައް ކުރިއަށް ދާގޮތް މޮނިޓަރކުރުމާއި ކުންފުނިން ދީފައިވާ ޝެޑިއުލާއެއްގޮތަށް މަސައްކަތް ކުރިއަށް ދޭތޯ ބެލުން.
 
- ކުންފުނިން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި ޢުސޫލުތަކާ އެއްގޮތަށް ދަނޑުވެރިން މަސައްކަތް ކުރާކަން ޔަޤީންކުރުމާއި ރިޕޯޓްކުރުން.
 
- ދަނޑުވެރިން އަތުން ގަންނަ، ތަރުކާރީއާއި މޭވާ އާ ހަވާލުވެ ކުންފުނިން އަންގާގޮތެއްގެ މަތިން ޢަމަލުކުރުން.
 
- ކުންފުނިން ދީފައިވާ އިރުޝާދާ އެއްގޮތަށް ތަރުކާރީއާއި މޭވާ ޙަވާލުކުރަން ހަމަޖެހިފައިވާ ތަންތަނަށް ފޮނުވުން.
 
- ދަނޑުވެރިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި ދަނޑުވެރިންގެ މަސައްކަތްތަކާގުޅޭ ސުވާލުތަކަށް ޖަވާބުދާރީވުން.
 
- ދަނޑުވެރިންނަށް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅަންޖެހޭ ފަރާތްތަކާ ގުޅައި އެކަންކަން ހަމަޖައްސައިދިނުން.
 
- ދަނޑުވެރިން އަތުން ގަންނަ ތަރުކާރީ އަދި މޭވާގެ ރިކޯޑް ބެލެހެއްޓުމާއި ދަނޑުވެރިންނާ ޙަވާލުކުރެވޭ ތަކެތީގެ ރިކޯޑް ބެލެހެއްޓުން.
 
- ގުދަންކުރެވޭ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން
 
- ކުންފުނިން ދޭ އިރުޝާދާއެއްގޮތައް ރިޕޯޓްތައްޔާރުކޮށް ފޮނުވުން.
 
- ކުންފުނީގެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން
 
- ވިއްކާ ގަސްކާނާ އާއި ބޭސްފަދަ ތަކެތީގެ ފައިސާއާ ޙަވާލުވުމާއި، ކުންފުނީގެ ފައިނޭސް ޑިޕާޓްމަންޓުން އަންގާގޮތަކަށް އެފައިސާގެ ކަންތައްތައް ބެލެހެއްޓުން.
 
 
 | 
| ޝަރުތު: | 
- ޖީ.ސީ.އީ/ އައި.ޖީ.ސީ.އެސް ފާހެއް އޮތުން ނުވަތަ
 
- ދަނޑުވެރިކަމުގެ 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
 
 
 | 
| އިސްކަންދެވޭނެ އިތުރު ކަންތައްތައް | 
- ދަނޑުވެރިކަމުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
 
- ރަށުގައި ގާއިމްވެ ދިރިއުޅޭ މީހަކަށްވުން.
 
- ގިނައިރު މަސައްކަތުގައި އުޅެވޭނެ އަދި ތަކެތި އުފުލާ އުޅެވޭފަދަ ޞިއްހަތެއްގައި ހުރި މީހަކަށްވުން.
 
- އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ރިޕޯޓްތައްޔާރު ކުރަން އެނގުން.
 
- ކޮންޕިއުޓަރު ރަނގަޅަށް ބޭނުން ކުރަން އެނގުން.
 
- އެކަނި އަދި މީހުންނާއެކީ މަސައްކަތް ކުރުމުގެ ހުނަރު ހުރުމާއި ކަނޑައެޅިފައިވާވަގުތަށް، މަސައްކަތް ނިންމުމުގެ ޤާބިލުކަންހުރުން.
 
- މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރުހުރުން. 
 
 
 | 
| ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: | 
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ އައި.ޑީ.ކާޑް ކޮޕީ
 
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
 
- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެފަރާތުގެ ލިޔުން
 
 
 |