ދިވެހިރާއްޖެ
މިމިނިސްޓްރީގެ ނަންބަރ (IUL)30-C/30/2020/115 (09 ނޮވެމްބަރ 2020) އިޢުލާނުން، މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކ.މަނިޔަފުށީ މެރިކަލްޗަރ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް ބޮޑުވުމާއި އަދި އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލު އައުމާއި ގުޅިގެން އެ އިޢުލާން ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3028702 އަދި 3028703 ނަންބަރު ފޯނަށެވެ.