މަސައްކަތް
ނަންބަރު: (IUL)MITDC-P/MITDC/2020/2
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 09 ޑިސެންބަރު 2020 13:30
މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކ.ކާށިދޫ އަދި ލ.ބަރެސްދޫ ގައި އެމްއައިޓީޑީސީގެ ފަރާތުންކޮށްފައިވާ މަސައްކަތްތަކެއްގެ ވެލުއޭޝަން ރިޕޯޓެއް ހަދައިދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 02 ޑިސެންބަރު 2020 14:19 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ކ.ކާށިދޫ އަދި ލ.ބަރެސްދޫ ގައި އެމްއައިޓީޑީސީގެ ފަރާތުންކޮށްފައިވާ މަސައްކަތްތަކެއްގެ ވެލުއޭޝަން ރިޕޯޓެއް ހަދައިދޭނެ ފަރާތެއް ހޯދުން

 

 

މި ކޯޕަރޭޝަނުގެ ފަރާތުން އިންޓަރގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ޤަސްތުކޮށްފައިވާ ލ.ބަރެސްދޫ (މަހަކަންފުށި ހިމެނޭ ގޮތުން) އާއި ކ.ކާށިދޫ ގެ ޓޫރިސްޓް ވިލެޖު ޞަރަޙައްދުގައި ކޮށްފައިވާ މަސައްކަތްތަކެއް، ތަފްޞީލުކޮށް ބަލާ، އެމަސައްކަތްތަކުގެ ވެލުއޭޝަން ރިޕޯޓެއް ތައްޔާރުކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، މި ބާވަތުގެ މަސައްކަތްތައް ކުރައްވާ އަދި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން: 02 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 13:30 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި

 

އަންދާސީ ހިސާބު ހުށަހެޅުން: 09 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 13:30 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި

 

ސަމާލުކަން ދެއްވުމަށް: މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހާޟިރުވާ ފަރާތްތަކަށް، ބައިވެރިވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

 

އޮފީސް އެޑްރެސް: މ. ދޫނިފުށި (8ވަނަ ފަންގިފިލާ)، އޯކިޑްމަގު، މާލެ

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނަށެވެ.

 

 

29 ނޮވެމްބަރ 2020މ.

29 ނޮވެންބަރު 2020