ދިވެހިރާއްޖެ
މި އިޢުލާންވަނީ 25 ނޮވެންބަރު 2020 13:46 ގައި ބާތިލް ކުރެވިފައެވެ.
ވަޒީފާގެ ފުރުޞަތު |
މަގާމު: |
ސީނިއަރ ހިއުމަންރިސޯސް އޮފިސަރ |
މަގާމުގެ ނަންބަރު: |
J-266620 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަގާމުގެ ގިންތި: |
ދާއިމީ |
މަގާމުގެ ރޭންކް: |
އެމް.އެސް-3 |
މަގާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަންޖެހޭތަން: |
މިނިސްޓްރީ އޮފް ޑިފެންސް، މާލެ. |
މުސާރަ: |
މަހަކު 7,035.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު 2,000.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
1- ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތު ހަމަވާނަމަ، އަސާސީ މުސާރައިގެ %28 / ޝަރުތު ފުރިހަމަނުވާނަމަ، ޓެކްނިކަލްކޯ އެލަވަންސްގެ ގޮތުގައި 900.00 ރުފިޔާ. 2- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް 3- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 4- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 5- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރުބެލުމުގެ ކަންތައް ހަމަޖެހިފައިވާ އުސޫލުން ރާވާހިންގުމާއި، ޕީ.އޭ ފޯމްތައް ވިއުގައަށް އެޅުމާއި، ރިޕޯޓްތައްޔާރުކޮށް ކަމާބެހޭފަރާތަށް ފޮނުވުމާއި، ސެޓްފިކެޓް ދޭންޖެހޭ ފަރާތްތަކަށް ސެޓްފިކެޓް ދިނުމުގެ ކަންތައް ރާވާހިންގުން. 2- މިނިސްޓްރީގެ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގތައް ދެނެގަނެ ޓްރޭނިންގ ދިނުމުގެ ކަންތައްތައް ރާވާ ހިންގުން. އަދި ޓްރޭނިންގއާބެހޭ މަޢުލޫމާތުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، މުވައްޒަފުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ކޮންމެ މުވައްޒަފަކަށް އަހަރަކު މަދުވެގެން 6 ގަޑިއިރުގެ ޓްރޭނިންގ ފުރިހަމަކުރުމުގެ ކަންތައް ރާވާ ހިންގުން. 3- ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން އާންމުކޮށްފައިވާ "ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރެވޭ ސިޔާސަތު" ގައި ބަޔާންކޮށްފައިވާ ގޮތަށް އިދާރާގައި "ތަމްރީނުކުރުމުގެ ޕްލޭން" އެކުލަވާލުން. އަދި ގެޕް އެނަލިސިސް ފޯމާއި، ޓްރެއިނިންގ ނީޑް އެނަލިސިސް އާއި، ޓްރެއިނިންގް ޕްލޭން ފޯމު ތައްޔާރުކޮށް، ޓްރެއިނިންގ ރިކުއަރމެންޓް ސިވިލް ސަރިވސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ފޮނުވަމުން ގެންދިއުން. 4- ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރެވޭ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތަށް ޓްރެއިނިންގ އިވެލުއޭޝަން ރިޕޯޓު ތައްޔާރުކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވަމުން ގެންދިއުން. 5- މިނިސްޓްރީގެ ދާއިރާގައި ހިމެނޭ ސިވިލް މުވައްޒަފުންގެ ވަޒީފާ ދިނުމާއި ވަކިކުރުމާއި މަގާމުގެ ކުރިއެރުން ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 6- ހިއުމަން ރިސޯސް ސެކްޝަންގެ އެކްޝަން ޕްލޭން ތައްޔާރުކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުން. 7- މިނިސްޓްރީގެ މުވައްޒަފުންގެ ވަޒީފާއާގުޅޭ ބަދަލުތައް ސެޕް ސިސްޓަމަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. 8- މިނިސްޓްރީގެ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް އަހަރުން އަހަރަށް އަޕްޑޭޓް ކުރުމާއި، ވަޒީފާ ބަޔާންތަކާއި މުވައްޒަފުންގެ ސެޓްފިކެޓްތަކާއި، ވަޒީފާއާގުޅޭ އެހެނިހެން މަޢުލޫމާތު ވިއުގަ ސިސްޓަމަށް އެޅުން. 9- މިނިސްޓްރީގެ ހިއުމަންރިސޯސް ސެކްޝަންގެ މަސައްކަތްތަކާ ގުޅުންހުރި އުސޫލުތައް ތައްޔާރުކޮށް އަޕްޑޭޓް ކުރުން. 10- އަލަށް އިދާރާއާ ގުޅޭ މުވައްޒަފުންގެ ޕްރޮބޭޝަން މުއްދަތުގައި، އެ ކަމާ ގުޅޭ އަތްމަތީ ފޮތުގައި ވާ ގޮތުގެ މަތީން "ސިވިލް ސަރވިސްގެ ވަޒީފާއަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް" ކުރިއަށް ގެންދާކަން ކަށަވަރުކުރުން. |
މަގާމުގެ ޝަރުތުތައް: |
1- ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސްމެނޭޖްމަންޓް/ހިއުމަންރިސޯސް މެނޭޖްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސްމެނޭޖްމަންޓް/ހިއުމަންރިސޯސް މެނޭޖްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓް ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. (ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ރ) ޤައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. |
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- ތަޢުލީމާއި ތަމްރީން (ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން) %35 2- އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) %5 3- މަސައްކަތުގެ ތަޖުރިބާ (މަގާމުގެ މަސައްކަތުގެ ދާއިރާއާގުޅޭ ތަޖުރިބާ) 4- ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެޒެންޓޭޝަން) %45 ނޯޓް: މަގާމަށް ޢައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސްފަހެއް) އިންސައްތައަށްވުރެ މަތިވާންޖެހޭނެއެވެ. |
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޑިސެންބަރު 06 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ބަލައިގަނެވޭނީ [email protected] އީ-މެއިލް މެދުވެރިކޮށެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓް ކުރުން: |
މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަވިއުއޮންނާނެ ތަނާއި މުއްދަތު: |
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2020 ޑިސެންބަރު 9 އާއި 17 އާ ދެމެދު، މިނިސްޓްރީ އޮފް ޑިފެންސްގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް)" އާންމުކުރުން. |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724 އަށެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ޢައްޔަންކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usool) އިން ލިބެން ހުންނާނެއެވެ.