ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)248-CAA/248/2020/117
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 02 ޑިސެންބަރު 2020 14:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް

މަސައްކަތު

މަޤާމްގެ ނަންބަރު:

J-307282

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް.1

މަޤާމުގެ ކުލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ/ އިހަވަންދޫ މިސްކިތްތައް

މުސާރަ

މަހަކު /-3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު /-1000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

މަހަކު /-1200 ރުފިޔާ

 

 

 

އެހެނިހެން އެލަވަންސް

01-   ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

02-   ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

03-   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

04-   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވްނަސްގެ ގޮތުގައި ލިބިލައްވާ -/1200 ރުފިޔާ (މަހަކު)

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. . ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

03. ކޮންމެ ފަރުޟު ފަސްނަމާދު ވަގުތެއްގެ ގަޑި ޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށް ޙާޟިރުވެ މިސްކިތާއި މިސްކިތުގެ އިސްކުރުބަރިއާއި ކާޕެޓާއި، ފާޚާނާ ރަނގަޅަށް ސާފުކޮށް މިސްކިތުގެ ދޮރުފަތްތައް ހުޅުވައި، އޭސީ ޖައްސައި، ފަންކާތައް ޖަހައި، ބޮކިދިއްލައި، އެއަރ ފްރެޝްނާޖަހައި، ނުވަތަ ހުވަނދުކޮށް، ނަމާދު ވަގުތަށް މިސްކިތް ރަނގަޅަށް ތައްޔާރު ކުރުން. މިސްކިތުގެ ކާޕެޓް ސާފުރަންޖެހޭނީ ވެކިޔުމް ކުލީނަރ ބޭނުން ކޮށްގެންނެވެ. މިސްކިތުގައި އަޅާފައިވާ ކާޕެޓް ކޮންމެ ދެމަހުން އެއްމަހު ކާޗަރ މެޝިން ބޭނުންކޮށްގެން، ދޮވެ ސާފުކުރަންޖެހޭނެއެވެ. 

04. ކޮންމެ ފަރުޟު ނަމާދެއްކޮށް ނިމުމުން މިސްކިތުގެ ފާޚާނާއާއި އިސްކުރު ބަރިއާއި މިސްކިތް ސާފުކޮށް، ދޮރުފަތްތައް ލައްޕައި، އޭސީ، ފަންކާތައް، ލައިޓުތައް ކައުންސިލްގެ އިދާރާއިން އަގާފައިވާ ގޮތަށް ނިއްވައި، މިސްކިތުގެ އެންމެހައި ތަކެއްޗަށް ސަމާލުކަންދީ އެތަކެތި ހުންނަށްޖެހޭ ތަންތަނުގައި ބެހެއްޓުމާއި، ތަޅުޅަންޖެހޭ ތަންތަން ތަޅުލުން. ކޮންމެ ފަރުޟު ފަސްނަމާދު ވަގުތުގައި 30 މިނިޓުގައި މަސައްކަތް ކުރަންޖެހޭނެއެވެ.

5 . ކޮންމެ ދުވަހެއްގެ ހެނދުނު 6:30 ން 9:00 އަށް މިސްކިތާއި ގޯއްޗާއި މިސްކިތުގެ ގޯތީގައިހުރި ތަންތަނާއި ތަކެތި ސާފުކުރުމާއި، ބަގީޗާގަސްތަކާއި އެނޫންވެސް ކަންކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި މިސްކިތާއި ގުޅުންހުރި ތަންތަނާއި ތަކެއްޗަށް ލިބެމުންދާ ގެއްލުންތަކާއި ދިމާވާ ކަންކަން މިސްކިތުގެ އިމާމަށް އެންގުމާއި އަދި އެކަންކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިސްކިތުގެ އިމާމު ނުވަތަ މުދިމު ނުވަތަ ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރުން. 

6 . މިސްކިތާއި މިސްކިތުގެ އިސްކުރުބަރިއާއި، މުންނާރުގެ ފާރުތަކާއި، ވަށާފާރާއި މާބަގީޗާ ފާރުތަކާއި ސީލިންގއާއި ބޯޑަރުގައި ކުލައާއި ދަވާދު ލުމާއި، މިސްކިތުގެ ގޯތީގައި ޖަހާފައިވާ ގައުތަކާއި މިސްކިތުގެ ދޮރުތަކާއި، ދޮރުފަތްތަކުގައި، ދަވާލުމާއި، މިންބަރުގައި ވަރުނީސް އުނގުޅުމާއި، އަދި މިސްކިތާއި މުންނާރުގެ ގުއްބާއި، ހޯނު ސްޕީކަރު ހަރުކުރުމަށް ޖަހާފައިވާ އެންޓަނާގައި ދަވާދު ލުމާއި، އެތަންތަނާއި ގުޅޭގޮތުން ކުރަންޖެހޭ އެނޫން މަސައްކަތްތަކާއި، އަދި މިސްކިތުގެ ގޯތީގައި ޢިމާރާތްކޮށް މަރާމާތު ކުރުމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތައް ކައުންސިލްގެ އިދާރާއިން އަންގައި ގޮތުގެ މަތިން ކުރުން.

7 . މިސްކިތުގެ މުންނާރު ނުވަތަ ހޯނުސްޕީކަރު ހަރުކޮށްފައިވާ އެންޓަނާއަށް އަރައި ހޯނުސްޕީކަރަށް ޖެހޭ މަސަލަތައް ޙައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރުމާއި، މިސްކިތާއި، އިސްކުރުބަރިއާއި އެތަންތަނުގެ ސީލިންގާއި ލައިޓުތަކާއި ފަންކާތަކާއި ބިއްލޫރި ގަސްތަކާއި، އޭސީތަކާއި، މިންބަރާއި، ސާފުކޮށް ބެލެހެއްޓުމާއި މިސްކިތާއި މިސްކިތުގެ މުންނާރު ހުންނަ ލައިޓްތައް ދިއްލައި ނިއްވުމާއި އަދި އެފަދަތަކެތި ބަދަލު ކުރުމާއި ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.

8 . މަދުވެގެން ދެމަހުން އެއްމަހު މިސްކިތުގެ ފެންވަޅު ނުވަތަ ވަޅުތައް ދިއަހިއްކައި ސާފުކުރުމާއި، މިސްކިތާއި މިސްކިތުގެ އިސްކުރުބަރިއާއި މުންނާރާއި، އެތަންތަނުގެ ފާރުތަކާއި، އަދި މިސްކިތު ގޯތީގެ ވަށާފާރާއި، މާބަގީޗާގެ ފާރުތަކާއި، މިސްކިތު ގޯތީގައި ޖަހާފައިވާ ގައުތަކާއި، މިސްކިތުގެ ފުރާޅާއި ނަލަފިލާތަކާއި، ދިޔަދޮވިތަކާއި، ފެންބޭލިތައް ދޮވެ ސާފުކުރުމާއި، އެ އެންމެހައި ތަންތަނާއި ތަކެތި ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުމާއި އަދި ކޮންމެ ދުވަހަކު މިސްކިތުގެ ގޯތި ތެރެއާއި އަދި މިސްކިތާއި އިންވެގެން އޮންނަ މަގުތަކުގެ މިސްކިތާވީބައި ވިނަ ނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާއި އުފެދޭ ކުނި ހަމަޖެހިފައިވާ ގޮތަށް ކުނި ގޮނޑަށް އުކަމުން ގެންދިޔުން.

9 . ބޮޑުޖަމާޢަތް ހަދައިގެން ނަމާދު ކުރުމަށް ކައުންސިލްކގެ އިދާރާއިން ހަމަޖައްސައި ތަނެއްގައި އެކަމާގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މުވައްޒަފު މަސައްކަތްކުރާ މިސްކިތް ފިޔަވައި އެނޫންމިސްކިތެއް ސާފުކޮށް ބެލެހެއްޓުމަށް، ކައުންސިލްގެ އިދާރާއިން އަންގައިފި ނަމަ އެ މިސްކިތެއް ސާފުކޮށް ބެލެހެއްޓުމާއި އަދި އެ މިސްކިތާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

10 . މިސްކިތުގައި ދީނީ ދަރުސްތައް ދިނުން ފަދަ ޕްރޮގްރާމްތައް ހިންގާނަމަ ކައުންސިލް އިދާރާއިން ހަމަޖައްސައި ގޮތެއްގެ މަތިން އެކަން ކުރުމާއި އަދި ފަރުޟު ފަސްނަމާދު ފިޔަވައި ކޭތަ ނަމާދާއި ޢީދު ނަމާދާއި، ހުކުރު ނަމާދާއި، ކަށުނަމާދާއި، ތަރާވީޙު ނަމާދާއި ދަމްނަމާދަށް މިސްކިތް ތައްޔާރު ކުރުމާއި ނަމާދުކޮށް ނިމުމުން އެކަމާގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

11 . މިސްކިތުގެ ވަޒީފާގެ މަސައްކަތް ޙާޟިރުވަންޖެހޭ ގޮތުގެމަތިން ޙާޟިރުވެ ޙާޟިރީ ފުރިހަމަ ކުރުމާއި، ކައުންސިލްގެ އިދާރާއަށް ޙާޟިރުވުމަށް އޮންނަ ގޮތުގެ މަތިން ޙާޟިރުވެ ކައުންސިލްގެ އިދާރާގައި ސޮއި ކުރުމާއި، މިސްކިތާ ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހައި އެޝަކުވާތައް މިސްކިތުގެ އިމާމު ނުވަތަ މުދިމަށާއި އަދި މި އިދާރާއަށް އަންގައި، އެކަންކަން ޙައްލު ކުރުމަށް މަސައްކަތް ކުރުން.

12. މުވައްޒަފުންގެ ބައްދަލުވުންތަކާއި، އިޖްތިމާޢީ ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާ ދިނުމާއި، އަދި ޤައުމީ، ރަށު ފެންވަރުގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ޤައުމީ، ރަށުފެންވަރުގައި ފާހަގަކުރާ ހަފްލާތަކަށް ތައްޔާރުވުމުގައި ކައުންސިލްގެ އިދާރާއިން އަންގައި ގޮތެއްގެ މަތިން އެކަންކަމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

13 . ރަސްމީ ގޮތުން ޙަވާލުކޮށްފައިވާ އެންމެހައި މަސައްކަތްތައް ދުވަހުން ދުވަހަށް ކޮށްނިންމުމާއި، މިސްކިތުގައި ކުރަމުންގެންދާ އެކިއެކި މަސައްކަތްތަކާއި، ހިންގާ ޕްރޮޖެކްޓްތަކާއި ގުޅިގެން ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން އެކަންކަމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި އަދި ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމުގައި މިސްކިތު އިމާމު، މުދިމު، ނުވަތަ ކައުންސިގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން އެ މަސައްކަތްތައް ކުރުން.

14 . ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރާ، އަދި ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކާއި، ކުއްލިގޮތެއްގައި ޙަވާލުކުރާ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް، ފަރުވާތެރިކަމާއެކު އެ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

1.ލިޔަންކިޔަން އެނގުން

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް  ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ،  ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް،ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. އަދި  ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ

8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:.

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމުޢިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ)   އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

25

21

26

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު/ ޕްރެކްޓިކަލްސް

100

48

48

ޖުމްލަ

185

100

100

 

 ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02  ޑިސެންބަރު 2020  ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ އަށެވެ.

ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީމެއިލް ކުރާނީ[email protected]  އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 03 ޑިސެންބަރު 2020 އާއި  10 ޑިސެންބަރު 2020 އާއި ދެމެދު ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ  ކައުންސިލް އިދާރާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2)ފޯމް)"އާންމުކުރުން

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް  (A2ފޯމް) " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަA2    ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަލަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500013 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected]

 އަށެވެ.

 

                   މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

22 ނޮވެންބަރު 2020