ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)F14-HC/2020/09
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 03 ޑިސެންބަރު 2020 13:00
ބ. ފުޅަދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު- ޑްރައިވަރ

މި އިޢުލާންވަނީ 11 އޮކްޓޫބަރު 2021 10:49 ގައި ބާތިލް ކުރެވިފައެވެ.


މަޤާމު

ޑްރައިވަރ

މަޤާމުގެ ނަންބަރު

J-279010

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާރފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

ބ. ފުޅަދޫ ޞިއްޙީމަރުކަޒު

މުސާރަ

-/3470 ރުފިޔާ ( ތިންހާސް ހަތަރު ސަތޭކަ ހަތްދިހަ ރުފިޔާ )

ސަރވިސް އެލަވަންސް

-/1000 ރުފިޔާ ( އެއްހާސްރުފިޔާ )

އެހެނިހެން އެލަވަންސް:

-ސަޕޯޓިންގް ކޯ އެލަވަންސް (މަހަކު -/1200 ރުފިޔާ)

-ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

-ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

  1. އެމްބިއުލާންސްގައި ކުރެވޭ ދަތުރުތަކުގައި ބަލިމީހުންނަށް އޯގާތެރިކަމާއެކު އެހީތެރިވުން.
  2. ކުރެވޭ ދަތުރުތަކުގެ ރެކޯޑް ފޮތެއްގައި ލިޔެ ބެލެހެއްޓުން.
  3. ކޮންމެ ދުވަހަކު އެއްފަހަރު އެމްބިއުލާންސް ދޮވެ ސާފުކުރުން.
  4. އެމްބިއުލާންސް އަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ކުރަންޖެހޭ މަރާމާތުތައް މަރުކަޒުގެ އޮފީހާ ގުޅިގެން ހައްލުކުރުން.
  5. އެމްބިއުލާންސް ދުއްވުމަށް ބޭނުންވާ ތެޔޮ އޮފީހުގެ ބަޖެޓް ބަލަހައްޓާ ފަރާތާއި ގުޅިގެން ހޯދުމަށް މަސައްކަތްކުރުން.
  6. އެމްބިއުލާންސަކީ  ތަފާތު އެކި ބަލިމީހުން އުފުލާ އުޅަނދެއްކަމުން އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުން.
  7. އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި ބަލަންޖެހޭ ހުރިހާ ކަންކަމަށް ސަމާލުވެ ރައްކާތެރިވުން.
  8. އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާ ވަގުތުތަކުގައި ސްޓްރެޗަރ އަދި ވީލްޗެއަރގައި ބަލިމީހުން އުފުލުން.
  9. އެމްބިއުލާންސް އެޓެންޑެންޓް ނެތިއްޖެ ޙަލާތެއްގައި އެމްބިއުލާންސް އެޓެންޑެންޓެންޓުގެ މަސައްކަތްކުރުން.
  10. ޞިއްޙީ މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނަވާ ވެރިއެއްގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.
  11. ވަޒީފާގެ ގޮތުން މުވައްޒަފަށް އެންގޭ އޮފީހުގެ އެތެރޭގެ ސިއްރުތަކާއި ބަލިމީހުންގެ ތަފާތު ކަންކަން އާންމުނަށް ހާމަނުކުރުން.
  12. މަސައްކަތަށާއި ވެރިންނަށް އިޚްލާޞްތެރިވެ ޙަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް އަދާކުރުން.
  13. ޙާއްޞަ ދުވަސްތައް ފާހަގަކުރުމުގެ ގޮތުން މަރުކަޒުގެ ފަރާތުން ހިންގާ ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  14. މީގެ އިތުރުން އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވުމާއި އިދާރީ ބައިން އަންގަވާ ކަންތައްތައް ކުރުން.
  15. މީގެ އިތުރުންވެސް ޞިއްޙީ މަރުކަޒުން އަންގަވާ ކަންތައްތައް ކުރުން.

ގުޅޭ ވަޒީފާގެ ދާއިރާ

ޓްރާންސްޕޮޓޭޝަން ސާރވިސަސް

މަޤާމުގެ ޝަރުތުތައް

މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް ޙާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި  ބ. ފުޅަދޫ ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް ނުވަތަ އައި ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތުގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، މޯލްޑްވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކޮރިޕްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ        ކޮޕީ.

   7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް           ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ( އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމު.

(ރ) ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ / ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ / ޖަމާޢަތެއްކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ހެލްތްގެވެބްސައިޓުން(www.health.gov.mv)  ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 13.00 ގެ ކުރިން،ބ. ފުޅަދޫ ސިއްޙީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ 13 ޑިސެމްބަރ 2020 އާއި 14 ޑިސެމްބަރ 2020 އާ ދެމެދު، ބ. ފުޅަދޫ ސިއްޙީ މަރުކަޒުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯރޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2) ފޯމް(" އާއްމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2) ފޯމް(" އާއްމުކޮށް ފެންނާނެހެން މިއިދާރާގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، A2 ފޯމް އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ބ. ފުޅަދޫ ޞިއްޙީ މަރުކަޒުގެ 6600070 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ  [email protected] އަށެވެ.  ސިވިލް ސަރވިސްގެ ވަޒީފާތަކަށް  މީހުން ހޮވުމާއި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ"(http://www.csc.gov.mv/dv/recruitment-usoolu)އިން ލިބެން ހުންނާނެއެވެ.

22 ނޮވެންބަރު 2020