ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)147-AIT/1/2020/4
                    ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2020
                    ޕަބްލިޝްކުރި ގަޑި:  13:16
                    
                ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ތަރުޖަމާނުން ބޭނުންވެއްޖެ
                                އިޢުލާން
މިކޯޓުން ބަލަމުންދާ ބައެއް މައްސަލަތަކާ ގުޅިގެން، ތިރީގައި މިވާ ބަސްބަހުގެ ތަރުޖަމާނުން ހޯދަން ބޭނުންވެއެވެ.
ޢަރަބިބަސް، އިނގިރޭސިބަސް، ހިންދީބަސް، އުރުދޫބަސް، މަލިޔާޅަމްބަސް، ތަމަޅަބަސް، ސިންގަޅަބަސް، ބަންގާޅުބަސް، ޗައިނާބަސް، ޖަޕާނު ބަސް، މަންމަން ބަސް.
އަދި މީގެ އިތުރުން، ޑޮކްޓަރުންގެ ބަސް އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތްތައް ވެސް ބޭނުންވެއެވެ.
- ފެންވަރު ނުވަތަ ޝަރުޠު: އިސްވެ ބަޔާންކުރެވުނު ބަސްބަހުން ވާހަކަދައްކާ އަދި އެބަސްބަހުން ލިޔެފައިވާ ތަކެތި ކިޔަން ދަތުމާއެކު، އެ ބަސްބަހުން ދައްކާ ވާހަކަތައް ދިވެހިބަހަށް ތަރުޖަމާކޮށްދިނުމާއި، އަދި ދިވެހިބަހުން ދައްކާވާހަކަ އެ ބަސްބަހަށް ތަރުޖަމާކުރުމުގެ ޤާބިލުކަން ހުރުމާއި، އެކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.
 - އުޖޫރަ: ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް -/400ރ (ހަތަރު ސަތޭކަ ރުފިޔާ)
 - ހުށަހަޅަންޖެހޭ ތަކެތި:
 
1. އެދޭ ސިޓީ
2. ޕާސްޕޯޓު / އައިޑީ ކާޑުގެ ކޮޕީ
3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
4. ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
5. ވަނަވަރު (ސީވީ)
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މިކޯޓުގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށްޓަކައި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެމެވެ.
10 ނޮވެންބަރު 2020
                10 ނޮވެންބަރު 2020