ނީލަން
ނަންބަރު: 116-F4/IL/2020/110
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 23 ނޮވެންބަރު 2020 10:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ގާކުޑިފަދަ ކޮންސްޓްރަކްޝަން ވޭސްޓް އަދި ބޮޑުހިލަ ނީލަން ކިއުމާއި ބެހޭ

އިޢުލާނު

 

ގާކުޑިފަދަ ކޮންސްޓްރަކްޝަން ވޭސްޓް އަދި ބޮޑުހިލަ ނީލަން ކިއުމާއި ބެހޭ 

 

މިކުންފުނީގެ ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓްގައި ހުރި ގާކުޑިފަދަ ކޮންސްޓްރަކްޝަން ވޭސްޓް އަދި ބޮޑުހިލަ ފަދަ ތަކެތި ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި ތަކެތި ނީލަމުން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:30އަށް މިކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 23 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ ހެދުނު 10:30 އަށް މިކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންވާއިރު، ހާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުނި ނުވަތަ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން ކުންފުނި ނުވަތަ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ ގެންނަން ވާނެއެވެ. ފޯނުގެ ޛަރީއާއިން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. އަދި ދަންނަވަމެވެ. މަތީގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުން ނެތި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގެންނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތްތަކުން ވަޑައިގެންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި އީ.މެއިލްއާއި ފެކްސް ގެ ޛަރީއާއިން ފޮނުއްވާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކުގެ އިތުރުން މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައްވެސް ބަލައިނުގަނެވޭނެކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 8 ނޮވެމްބަރ 2020

08 ނޮވެންބަރު 2020