ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2020/179
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 15:48
ސުންގަޑި: 19 ނޮވެންބަރު 2020 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެސިސްޓެންޓް ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ

އިޢުލާން

މަޤާމު

އެސިސްޓެންޓް ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު

J-327792

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން / ސެކްޝަން

އިންޓަރނޭޝަނަލް ބޯޑަރ ހެލްތް -މާފަރު ޕޯޓް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

ނ. މާފަރު ޞިއްޙީ މަރްކަޒަށް ރިޕޯޓްކުރާގޮތައް ނ. މާފަރު އެއާރ ޕޯޓުގައި

މުސާރަ

-/5020.00 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3. ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު –/700.00 ރުފިޔާ
  4. ސްޕެޝަލް ޑިއުޓީ އެލަވެންސް ގެ ގޮތުގައި މުސާރައިގެ %35
  5. ރިސްކް އެލަވެންސް ގެ ގޮތުގައި މަސައްކަތައް ނިކުންނަ ކޮންމެ ދުވަހަކު -/100

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު 7/2012 ގައި ބުނާ މަސައްކަތްތަކުގެ ތެރެއިން ބައިނަލް އަޤުވާމީ ކަނޑާވައިގެ ބަނދަރުތަކުގައި ކުރަންޖެހޭ މަސައްކަތް ފުރިހަމަ ކުރުން (ނ.މާފަރު)
  2.  ބަނދަރުތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އާންމު ގަވައިދާއި އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް (2005)ގައި ބުނާ މަސައްކަތްތަކާގުޅޭގޮތުން ބައިނަލް އަޤްވާމީ ކަނޑާވައިގެ ބަނދަރުތަކުގައި ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކޮށް ގަވައިދު ތަންފީޒުކުރުން.
  3. ދިވެހިރާއްޖެ އަންނަ ފަސިންޖަރުންނާއި ކުރޫންގެ ތެރެއިން ޔެލޯފީވާރ އުޅޭ ގައުމުތަކުން އަންނަ ފަރާތްތަކުގެ އަތުގައި ސައްހަ އިންޓަރނޭޝަނަލް ސެޓްފިކެޓް އޮފް ވެކްސިނޭޝަން އޮތްތޯ ބަލާ ކަށަވަރުކޮށް، ނެތްނަމަ އެފަރާތްތަކާ މެދު އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުން އަމަލުކުރުން.
  4. ބައިނަލް އަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ ކަނޑާއި ވައިގެ އުޅަނދުފަހަރާއި، އެއިން ދަތުރުކުރާ މީހުންނާއި، އުފުލާ މުދަލާއި، ބަނދަރުތަކުގެ ސާފުތާހިރުކަމާއި، ބަލި ފެތުރުން ހުށްޓުވުމަށާއި އާންމު ޞިއްޙަތައް ގެއްލުން ވެދާނެކަންކަމުން ރައްޔިތުން ރައްކާތެރިކުރުމަށް ކުރަންޖެހޭ އިންސްޕެކްޝަންތައް ގަވައިދުން ފުރިހަމަކުރުން.
  5. ރާއްޖެއިން ބޭރުން އަތުވެދާނެ ޞިއްޙީ ނުރައްކަލަކުން ރައްކައުތެރިވުމަށް، އިންޓަރނޭޝަނަލް ބޯޑަރ ހެލްތުގެ އޮފިސަރުން އަމަލުކުރަން ކަނޑައަޅާފައިވާ މަސައްކަތްތައް ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތައް ފުރިހަމަކޮށް ކުރުމުގައި އަމިއްލައަށް އިސްނަގައިގެން ފުރިހަމަކުރުމާއެކު އެމައްސަކަތްތައް މުވައްޒަފުން މެދުވެރިކޮށް ފުރިހަމަކުރުން.
  6.  ކަނޑުމަގުން ރާއްޖެ އެތެރެވުމަށް އަންނަ އުޅަނދުފަހަރުން ހުށަހަޅާ ލިޔެކިޔުންތަކަށް ބެލުމަށްފަހު މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް އުޅަނދަށް އަރައިގެން ބާލާ ފާސްކުރަންޖެހޭ އުޅަނދުފަހަރު ޗެކުކުރުމަށްޓަކައި އުޅަނދު އޮންނަ ތަނަކަށް ގޮސް އުޅަނދަށް އެރުން، އަދި އެހެން ބަނދަރަކަށް ދާންޖެހޭނަމަ އެތަނަކަށް ދަތުރުކޮށް ހެލްތު ކްލިއަރަންސް ދިނުމާމެދު ވަކިގޮތެއް ނިންމުން.
  7. ކޮވިޑް 19އާ ގުޅިގެން ބަނދަރުތަކުގައި ތަންފީޒުކުރަންޖެހޭ އުސޫލުތައް ތަންފީޒްކޮށް ފަސިންޖަރުން ކުރޫންނާ ގުޅޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ޗެކުކޮށް ދުވަހު ތަފާސް ހިސާބުތައް ތައްޔާރުކޮށް އެޗް.ޕީ.އޭއަށް ފޮނުވުން.
  8. ޔުނިޓް ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ވިލަރެސް ކުރުމާއި، ދުވަހު މަސައްކަތް ޔައުމިއްޔާ ކުރުމާއި، ސަވައިލަންސް އަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއެކު ދުވަހު ރިޕޯރޓްތައްޔާރުކޮށް، ހަފްތާ ރިޕޯރޓާއި މަހު ރިޕޯރޓް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުވުން.
  9. އިންޓަރނޭޝަނަލް ބޯޑަރ ހެލްތު ސެކްޝަނުގެ ސުޕަވައިޒަރަށް ޖަބާވުދާރީވެ ޕޯރޓް ހެލްތާ ހަވާލުވެފައިވާ މަސައްކަތް ފުރިހަމަކޮށް، ފަސިންޖަރ އަދި ފްލައިޓާ ގުޅިގެން ވަކި މަސައްކަތެއް ނެތް ދުވަސްތަކުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާ މަރުކަޒުން ހަވާލުކުރާ ޕަބްލިކް ހެލްތާ ގުޅޭ މަސައްކަތްތައް ފުރިހަމަކުރުން.
  10. ނ.މާފަރު ބައިނަލް އަޤްވާމީ ބަނދަރުގެ ހެލްތް ކުލިއަރަންސް މަސައްކަތްތަކަށް ޑިއުޓީއަށް ދިޔުމަށް އެޗް.ޕީ.އޭއިން އަންގަވާ އުސޫލަކުން ޑިއުޓީ މަސައްކަތްތަކުގައި ބައިވެރިވުން.
  11. މަސައްކަތާ ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކާއި ފަރިތަކުރުންތަކަށް ހާޒިރުވެ އެކަންކަން ފުރިހަމަކުރުން.
  12. ޕްރޮބޭޝަން މުއްދަތުގައި ފުރަތަމަ 03 މަސް ދުވަހު  ތެރޭގައި 1 ހަފްތާ މާލެ ސަރަހައްދުގެ ޔުނިޓްތަކުގައި މަސައްކަތް ފުރިހަމަކުރުން.
  13. ސެކްޝަނުގެ ފަރާތުން ހަވާލުކުރާ އެހެނިހެން ޓާރގެޓްތައް ފުރިހަމަކުރުން.
  14. ނ. މާފަރު ޞިއްޙީ މަރްކަޒަށް ޕަބަލިކް ހެލްތް ޔުނިޓުގެ މަސައްކަތްތައް

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާ

ހެލްތު ސާވިސަސް

ތައުލީމީ ރޮނގުތައް

ކޮމިއުނިޓީ ހެލްތު، ޕްރައިމަރީ ހެލްތު އަދި ޕަބްލިކް ހެލްތު

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ health.gov.mv  ވެބްސައިޓުންނާއި ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. "ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް" ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް"
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ:

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)  ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް މި މިނިސްޓްރީގެ ވެބްސައިޓްގެ ޑައުންލޯޑްސް އިން ލިބެން ހުންނާނެއެވެ. http://health.gov.mv/Uploads/Downloads//Informations/Informations(346).pdf

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 2020 ނޮވެމްބަރ 19 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2020 ނޮވެމްބަރ ނުވަތަ 2020 ޑިސެމްބަރ މަހުގެތެރޭގައި މިނިސްޓްރީ އޮފް ހެލްތުން ވީޑިއޯ މެދުވެރިކޮށް އޮންލައިން ކޮންނެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014439 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާއެވެ.

 

07 ނޮވެންބަރު 2020