ދިވެހިރާއްޖެ
މިއިދާރާއިން ކޮށްފައިވާ (IUL)248-ED/248/2020/103 (28 ސެޕްޓޭޏްބަރު 2020) ނަމްބަރު އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބު ހުށައަޅާފައިވަނީ އެންމެފަރާތަކުން ކަމުގައިވާތީ އެއިޢުލާން ބާޠީލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިރަށު ޕްރީސްކޫލް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، އެމަސައްކަތް ކޮއްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ނޮވެންބަރު 2020 ވާ އަންގާރަ ދުވަހުގެ 13:15 މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 19 ނޮވެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.
މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ޕްރީސްކޫލް އިމާރާތް ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ލިޔުއްވައިފައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.