މަސައްކަތް
ނަންބަރު: (IUL)289/289/2020/27
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 05 ނޮވެންބަރު 2020 10:30
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާނުގެ ވަށާފާރު އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މިރަށު ޤަބުރުސްތާނުގެ ވަށާފާރުން ވެއްޓިފައިވާބައި ރޭނުމާއި މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ވަށާފަރުގައި ކޮންމެ 15 ފޫޓަކުން ތަނބުތައް ޖަހާ ފާރުގެ މަތީގައި ބެރި އަޅާ މަރާމާތުކޮށްދޭނެ ފަރަާތެއް ހޯދަން ބޭނުންވެއްޖެެއެވެ.

ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ނޮވެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިމަސައްކަތްކޮށްދެވޭނެ އަގު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ނޮވެންބަރު 2020