ދިވެހިރާއްޖެ
| 
 ނ.މަގޫދޫ ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.  | 
|
| 
 މަގާމު  | 
 ކްލިނިކަލް ނާރސް / ސީނިއަރ ރެޖިސްޓާރޑް ނާރސް / ރެޖިސްޓާރޑް ނާރސް  | 
| 
 މަޤާމްގެ ނަންބަރު:  | 
 J-327749  | 
| 
 ބޭނުންވާ ޢަދަދު  | 
 1 (އެކެއް)  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް:  | 
 ސީ.އެސް8-1 – ސީ.އެސް12-3  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ނަރސިންގ ޕްރޮފެޝަނަލްސް  | 
| 
 މަގާމު އޮތް އޮފީސް  | 
 ނ.މަގޫދޫ ސިއްޙީ މަރުކަޒު  | 
| 
 މަޤާމު  | 
 ސިވިލްސަރވިސްގެ ރޭންކް  | 
 އަސާސީ ޝަރުތު  | 
 މަޤާމުގެ އަސާސީ މުސާރަ މަހަކު ( ރުފިޔާ)  | 
| 
 ރެޖިސްޓަރޑް ނާރސް  | 
 CS8-1  | 
 މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން  | 
 -/9060  | 
| 
 CS8-2  | 
 ރެޖިސްޓަރޑް ނަރސް ، ސީއެސް 8-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިންސައްތައިން މާކްސް ހޯދާފައިވުން  | 
 -/9210  | 
|
| 
 CS8-3  | 
 މޯލްޑިވްސް ނަރސިންގ މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށް ފައިވުން  | 
 -/9360  | 
|
| 
 ސީނިއަރ ރެޖިސްޓަރޑް ނާރސް  | 
 CS10-1  | 
 މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު ، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
 -/9670  | 
| 
 CS10-2  | 
 ރެޖިސްޓަރޑް ނަރސް ، ސީއެސް 1-10 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން .  | 
 -/9920  | 
|
| 
 CS10-3  | 
 ސީނިއަރ ރެޖިސްޓަރޑް ނަރސް ސީއެސް 2-10 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން .  | 
 -/10160  | 
|
| 
 ކްލިނިކަލް ނާރސް  | 
 CS12-1  | 
 މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން .  | 
 -10410  | 
| 
 
  | 
 CS12-2  | 
 ކްލިނިކަލް ނަރސް ސީއެސް 1-12 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.  | 
 -/10660  | 
| 
 
  | 
 CS12-3  | 
 ކްލިނިކަލް ނަރސް ، ސީއެސް 2-12 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.  | 
 -/10940  | 
| 
 ސާރވިސް އެލަވަންސް  | 
 މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/150 ރުފިޔ  | 
| 
 އެހެނިހެން އެލަވަންސް  | 
 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން 2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް  | 
 1. ބަލިމީހުންނަށް ނަރސިންގ ކެއަރދިނުމާއި އަދި މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ، ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން . 2. ބަލިމީހުންނަށް ދިމާވާ އާދަޔާޚިލާފު ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯރޓްކުރުމާއި އަދި ރިފަރކޮށްފައިތިބޭ މީހުން އެ ޑޮކްޓަރަކަށް އެންގުން. 3. ޑޮކްޓަރުންގެ ލަފާގެމަތިން ބަލިމީހުންނަށްދެވޭ ފަރުވާގެ ރިހެބިލިޓޭޝަނާބެހޭގޮތުން އެމީހުންނަށް މަޢުލޫމާތުދިނުން. 4. ކުޑަވަގުތުކޮޅަކަށް ބާއްވައިގެން ފަރުވާދޭންޖެހޭ ފަރާތްތަކަށް އޮބްޒަވޭޝަން ޚިދުމަތްދިނުމުގެ ކަންތައްތައް ބެލެހެއްޓުން. 5. ދިމާވާ އިމަރޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި ، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަރޖެންސީތައް މެނޭޖުކުރުން . 6. ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރާމީހުންނަށް ހެލްތު އެޑިޔުކޭޝަން ދިނުމާއި ޚާއްޞަގޮތެއްގައި މާބަނޑު މީހުންނާއި ވިހެއުމަށްފަހު ދޫކޮށްލާ ބަލީމީހާގެ އާއިލާއަށް (މަންމަ އަދި ބައްޕަ ) އަށް ގާތުން ކިރުދިނުމާއިބެހޭ ގޮތުންނާއި ދޭތެރެ ދުރުކުރުމާއި ބެހޭގޮތުން މައުލޫމާތުދިނުން . 7. ޞިއްޙީގޮތުން މީހުންހޭލުންތެރިކުރުމަށާއި ހެލްތު ޕްރޮމޯޝަން ސެކްޝަނުން ހިންގޭތަފާތު ޕްރޮގްރާމުތަކުގައި ޢަމަލީގޮތުން ބައިވެރިވުން. 8. ޑިއުޓީއާއި ޙަވާލުވުމުގެކުރިން އިންވެންޓްރީ ޗެކްކޮށް މަދުވާތަކެތި ރިޕްލޭސްކުރުން . 9. ޞިއްޙީމަރުކަޒުން ބަލިމީހަކު މާލެ ނުވަތަ އެހެންވެސް ތަނަކަށް ރިފަރކުރަންޖެހިއްޖެ ހާލަތެއްގައި އެމީހަކާއެކު އެތަނަކަށް ދިއުން. 10. ޞިއްޙީމަރުކަޒުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ޔުނިވަރސަލް އިންފެކްޝަން ޕްރޮޓޮކޯލްއާއި އެއްގޮތަށް ޢަމަލުކުރުން . 11. ސެކްޝަނުން ފޯރުކޮށްދޭ ޚިދުމަތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯރޓްތަކާއި ތަފާސް ހިސާބުތަކާއި ލިޔުންތައް ތައްޔާރުކުރުން . 12. ނަރުހުންގެ އިންޗާރޖުގެ ހައިސިއްޔަތުން މަސައްކަތްކުރަންޖެހިއްޖެނަމަ ، ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ކޮންމެ ހަފްތާއެއް ފެށުމުގެ ކުރިން މުވައްޒަފުންނަށް ފެންނާނެހެން ބެހެއްޓުމާއި އެ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒުކޮށް އެކަށޭނަ ފީޑުބެކްދިނުން. 13. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން. މަޤާމުގެ މަސައްކަތުގައިވާ އާދަޔާ ޚިލާފު ކަންތައްތައް - ގައިންގަޔަށް އަރާބަލިތަކަށް އެކްސްޕޯޒުވުން - ބަލިމީހުންނަށް ބޭނުންކުރާ (ކަށި، ތިލަ އަދި މިނޫނަސް ތޫނުތަކެތިން ) ލިބިދާނެ ގެއްލުމެއް - ކެމިކަލްސް، ޑްރަގްސް ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން - ބަލިމީހުންގެ ހަށިގަނޑުން ބޭރުވާދިޔަ ( ލޭ، ދޮސް، ހޮޑު، ކުޑަކަމުދާއެއްޗެތި، ބޮޑުކަމުދާ އެއްޗެތި) ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން - ރޭޑިއޭޝަން ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން - އާމުންގެ ފަރާތުން ދިމާވާ ޖިސްމާނީ އަދި ނަފުސާނީ ގެއްލުންތައް  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް  | 
 1. ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމުރީނަށް ބަލައިގެން 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން 3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން  | 
| 
 ހުށައަޅަންޖެހޭ ލިޔުންތައް  | 
 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. ( މި ފޯމް ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުންނާއި ނ.މަގޫދޫ ސިއްހީ މަރުކަޒުން ލިބެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް. 4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ހ) މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ރާއްޖެއިން ބޭރުގެމަތީ ތަޢުލީމުދޭ ކަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ ސެޓުފިކެޓު ނެތް ޙާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ 7 . ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ ، އެ ސެޓުފިކެޓުގެ ކޮޕީ. 8. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ . (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ ، އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ) (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް . (ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންނތަނުގައި މަސައްކަތް ކޮށްފައިވާ ނަމަ ، އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މައްއޫލިއްޔަތު ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދަކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ /ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ /ޖަމާޢާތަކީ ހިންގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަންބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން 9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ 
  | 
| 
 މަޤާމަށް އެދެންވީގޮތާއި،ސުންގަޑި:  | 
 ވަޒީފާއަށް އެދޭ ފޯމް ނ.މަގޫދޫ ސިއްޙީ މަރުކަޒުން ލިބެންހުންނާނެއެވެ. އަދި ސިވިލްސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށްއެދި ހުށަހަޅުއްވާތަކެތި ހުށަހަޅުއްވާނީ 08 ނޮވެންބަރު 2020 ވަނަ ދުވަހުގެ 14:00 ގެކުރިން ނ.މަގޫދޫ ސިއްޙީ މަރުކަޒަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ. 
 ނޯޓް: އީ-މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާނަމަ، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޯކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީއެފް ކުރުމަށް ފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ. 
 
  | 
| 
 ޝޯޓްލިސްޓްކުރުން  | 
 މިވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.  | 
| 
 އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:  | 
 މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 15 ނޮވެންބަރު އާއި 19 ނޮވެމްބަރު 2020 އާއި ދެމެދު ނ.މަގޫދޫ ސިއްޙީ މަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން އެމުއްދަތުގެ ތެރޭގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.  | 
| 
 ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް(A2 ފޯމް) އާއްމުކުރުން  | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން ނ.މަގޫދޫ ސިއްޙީ މަރުކަޒުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް ނ. މަގޫދޫ ސިއްޙީ މަރުކަޒަށް ހުށައަޅަންވާނެއެވެ.  | 
| 
 އިތުރުމަޢުލޫމާތު  | 
 މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6560042 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.  |