ދެންނެވުން
ނަންބަރު: SWIM/2020/IULAANU/12
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 13:50
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ކޯޗުންގެ ރިޕްރެޒެންޓޭޓިވްގެ އިންތިޚާބު ބޭއްވުން.

ސްވިމިންގ އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގައި، ކޯޗުންގެ ރިޕްރެޒެންޓޭޓިވްގެ ވޯޓު އެއްވަރުވެފައިވާތީ، އެމަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބޭއްވޭ ވޯޓުލުން 4 ނޮވެމްބަރު 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 މިއެސޯސިއޭޝަނުގެ މީޓިންގރޫމް ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއީ، މިއެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ބައެއްކަމުގައި ވާތީވެ، ވޯޓިންގ ލިސްޓާއި، ކެންޑިޑޭޓުންނާއި، އިންތިޚާބާއި ވޯޓުލުމާއި ގުޅުންހުރި އިތުރު އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެއެވެ.

ވީމާ، މިވާހަކަ މިއެސޯސިއޭޝަނުގެ މެންބަރު ކޯޗުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

  • ތަން: ސްވިމިންގ އެސޯސިއޭޝަނުގެ މީޓިންގ ރޫމް، ގަލޮޅުދަނޑު، ޝަބްނަމްމަގު، މާލެ، ދިވެހިރާއްޖެ
  • ތާރީޚް: 04 ނޮވެމްބަރު 2020 (ބުދަ)
  • ރިޕޯރޓްކުރަންޖެހޭ ގަޑި: ހެނދުނު 10:00
  • އިތުރު ތަފްޞީލް: އިންތިޚާބާއި ގުޅޭ މަޢުލޫމާތު ވެބް ޕޭޖް: http://swimming.org.mv/event/4elections

ކުރިން ޕްރޮކްސީ ފޯރމު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ޕްރޮކްސީ ފޯރމް ފުރިހަމަކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް، އެއްވެސް ބަދަލެއް އަންނަނަމަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީއަށް އެމެންބަރަކު ރަޖިސްޓްރީ ކޮށްފައިވާ އީމެއިލްއެއް މެދުވެރިކޮށް އަންގަން ވާނެއެވެ. އަދި، ޕްރޮކްސީއެއް ހުށަހަޅާނަމަ، ޕްރޮކްސީ ފޯރމު ފުރިހަމަކުރުމަށްފަހު އެސޯސިއޭޝަނުގެ އިދާރާއަށް ހުށަހެޅުއްވުމަށް ނުވަތަ، އެމެންބަރަކު ރަޖިސްޓްރީ ކޮށްފައިވާ އީމެއިލް މެދުވެރިކޮށް އެސޯސިއޭޝަނަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ވަޑައިގަންނަވާއިރު، އެސޯސިއޭޝަނުގެ މެންބަރޝިޕް ކާޑު ނުވަތަ، ނެޝަނަލް އައިޑެންޓިޓީ ކާޑު ނުވަތަ، ސަރުކާރުގެ ރަސްމީއިދާރާއަކުން ދޫކޮށްފައިވާ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއް ގެންނެވުން އެދެމެވެ. އަދި، ކޮންމެ ބޭފުޅަކުވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދެއްވާފައިވާ ލަފައާއި އެއްގޮތަށް އަނގަޔާއި ނޭފަތް ނިވާވާނޭ ގޮތަށް މާސްކް އަޅުއްވައި، ވޯޓު ކަރުދާސްކޮޅުގައި ފާހަގަޖެއްސެވުމަށް ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ގެންނެވުމަށް ދަންނަވެމެވެ.

27 އޮކްޓޫބަރު 2020