ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)-BCC/2020/33
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 2143
ސުންގަޑި: 04 ނޮވެންބަރު 2020 1500
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން (ބީ.ސީ.ސީ) ހުޅުމާލޭ ސެންޓްރޯ މޯލްގައި ހިންގަން ހަމަޖެހިފައިވާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގެ ރެނޮވޭޝަން މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

މި ކުންފުނިން ދޭ މައުލޫމާތާ އެއްގޮތަށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން (ބީ.ސީ.ސީ) ހުޅުމާލޭ ސެންޓްރޯ މޯލްގައި ހިންގަން ހަމަޖެހިފައިވާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގެ ރެނޮވޭޝަން މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)-BCC/2020/30 އިޢުލާނަށް އެކަށީގެންވާ ވަރަށް ބިޑް ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މަސައްކަތާއި ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 28 އޮކްޓޫބަރު 2020ވާ ބުދަ ދުވަހުގެ މެންދުރު 02:00 ގައި ބީ.ސީ.ސީ މީޓިންގ ރޫމްގައިއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ހާޒިރީ ނުދެވޭނެއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ  4 ނޮވެންބަރު 2020 ވާ ބުދަ ދުވަހުގެ މެންދުރު 02:00 ގައި ބީ.ސީ.ސީ މީޓިންގ ރޫމްގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. މައުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް މައުލޫމާތައްޓަކައި ދަންނަވާލަމެވެ.  

ބީ.ސީ.ސީގެ ހެޑް އޮފީހުގެ އެޑްރެސް ތިރީގައި މިވަނީއެވެ. އިތުރު މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނުގެ ޒަރިއްޔާއިން ނުވަތަ ހެޑް އޮފީހުންވެސް ލިބިވަޑައިގަންނަވާނެއެވެ. 

 

މާކުސް ދެވޭ އޭރިޔާތައް:

މާރކްސް ދެވޭ އުޞޫލު

%

މަސައްކަތުގެ އަގު

އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

65

ތަޖުރިބާ

ތަޖުރިބާއަށް މާރކްސްދެވޭނީ، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ކޮށްފައިވާ މިފަދަ މަސައްކަތްތައް ނިންމިކަމުގެ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމަ ކޮންމެ މަސައްކަތަކަށް ލިބޭނީ 1 ޕޮއިންޓެވެ. (ގިނަވަގެން މިބަޔަށް ލިބޭނީ 05 ޕޮއިންޓެވެ.)

05

މަސައްކަތް ނިންމައިލެވޭނެ މުއްދަތު

އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

30

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

މއ. މާދެލި، 6 ވަނަ ފަންގިފިލާ، މަޖީދީ މަގު، މާލެ

ފޯނު:  5555 330

އީމެއިލް: pr[email protected]

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

2020-10-26