ދެންނެވުން
ނަންބަރު: (IUL)389/389/2020/30
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 15 ނޮވެންބަރު 2020 00:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިތަކުން ބޭންކް އެކައުންޓް ރަޖިސްޓްރީ ކުރުމަށް އެންގުން

ވިޔަފާރިތަކުން ބޭންކް އެކައުންޓް ރަޖިސްޓަރީކުރުމަށް އެންގުން

 

މި ކައުންސިލުން ހޯދާ ޚިދުމަތްތަކާއި ގަންނަ މުދަލާއި ގުޅިގެން ހިނގާ މުޢާމަލާތްތަކުގައި ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ، އެ ވިޔަފާރިތަކުގެ ބޭންކް އެކައުންޓްތަކަށް ޖަމާކުރާގޮތަށް ހަމަޖެހިފައިވާތީ ވިޔަފާރިތަކުން ބޭނުންކުރާ ރަސްމީ ބޭންކް އެކައުންޓްތަކުގެ މަޢުލޫމާތު އެއްކުރުމަށް ބޭނުންވެއެވެ.

ވީމާ، ހުރިހާ ވިޔަފާރިތަކުންވެސް، "ބޭންކް އެކައުންޓް ރަޖިސްޓްރީކުރާ ފޯމް" މެދުވެރިކޮށް އެވިޔަފާރިތަކުގެ ބޭންކް އެކައުންޓްތައް މި ކައުންސިލްގެ ދަފްތަރުގައި ރަޖިސްޓަރީކުރުމަށް އިލްތިމާސްކުރަމެވެ. ކައުންސިލުން ތައްޔާރުކޮށްފައިވާ "ބޭންކް އެކައުންޓް ރަޖިސްޓްރީކުރާ ފޯމް" މި އިދާރާއިން ލިބެން ހުންނާނެއެވެ.

މި ފޯމް މެދުވެރިކޮށް ރަޖިސްޓަރީކޮށްފައި ނުވާ އެކައުންޓަކަށް 15 ނޮވެމްބަރ 2020 ގެ ފަހުން މި ކައުންސިލުން އެއްވެސް ފައިސާއެއް ދޫނުކުރެވޭނޭ ކަމުގައި ދަންނަވަމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

09 ރަބީޢުލްއައްވަލް 1442

26 އޮކްޓޯބަރ 2020

26 އޮކްޓޫބަރު 2020