މަސައްކަތް
ނަންބަރު: (IUL)459-PL/459/2020/36
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 15:54
ސުންގަޑި: 10 ނޮވެންބަރު 2020 11:00
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފެން ޕްލާންޓެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި މިނިސްޓްރީގެ ދަށުން ކ.ގުރައިދޫގައި ހިންގަމުންގެންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފެން ޕްލާންޓެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، ފެން ޕްލާންޓެއް ސަޕްލައިކޮށް ކ.ގުރައިދޫގައި ހިންގާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އިނސްޓޯލް ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން  ތިރީގައި މިވާ މައުލޫމާތުތައް  ފުރިހަމަ ކުރައްވައި މިނިސްޓްރީގެ އީމެއިލް  [email protected] އަށް ފޮނުވުމުން އަންދާސީ ހިސާބުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވުނަކަން އެންގޭނެއެވެ.

  • އަންދާސީ ހިސާބު ހުށަހަޅާ ކުންފުނި /ފަރާތް
  • އީމެއިލް އެޑްރެސް
  • ފޯނު ނަންބަރ

 މިކަމާ ގުޅޭ މައުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

           އަންދާޒީ ހިސާބު ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހުވަގުތަކީ 28 އޮކްޓޫބަރު 2020 ވާ ބުދަ ދުވަހުގެ 14:00 އެވެ.

           އަންދާސީ ހިސާބު ހުށަހެޅުމާއި/ހުޅުވުން އޮންނާނީ 2020 ނޮވެމްބަރު 10ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގައެވެ.

           

 

22 އޮކްޓޫބަރު 2020

22 އޮކްޓޫބަރު 2020