ދިވެހިރާއްޖެ
މިކުންފުނީގެ ބޭނުމަކަށް މާލެއިން ޢިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރި ނަންބަރު ADMHR-MPL/2020/27 (01 އޮކްޓޯބަރ 2020) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ފަރާތެއް ކުރިމަތި ލައްވާފައި ނުވާތީ، މިއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިފަދަތަނެއް ކުއްޔަށް ދޫކުރައްވަން ބޭނުންވާ ފަރާތްތަކުން ތިރީގައި ބަޔާންކުރާ މަޢުލޫމާތާއި އެއްގޮތަށް 01 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 13:00އަށް މިކުންފުނީގެ މައި ޢިމާރާތް، ޕޯސްޓް ބިލްޑިންގ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ފުރިހަމަވެފައި ހުންނަން ބޭނުންވާ މަޢުލޫމާތު
- 450 އަކަފޫޓާ 1000 އަކަފޫޓާދެމެދުގެ ތަނެއް ކަމުގައިވުން
- ޢިމާރާތުގެ ކަރަންޓް ވަކިން ހުރުން
- · މަގުމަތިން އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
- ޢިމާރާތް ކުއްޔަށްދޭ މުއްދަތު މަދުވެގެން 5 އަހަރަށް ދެވޭނެތަނެއްކަމުގައިވުން
- ގްރައުންޑް ފްލޯރގައި ހުންނަ ތަނަކަށްވުން
ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:
- ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ޤާނޫނީ ލިއުންތައް އައި.ޑީ ކާރޑްގެ ކޮޕީ އާއި އެކު ހުށަހެޅުން
- ޢިމާރާތުގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހެޅުން
މި ބިޑާއި ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.
- އަގު: %60
- ތަނުގެ ފެންވަރު: %20
- ލޮކޭޝަން: %20
މިކަމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3009211,3009215 ނަންބަރު ފޯނާއެވެ.