މަސައްކަތް
ނަންބަރު: (IUL)248-ED/253/2020/1
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 28 އޮކްޓޫބަރު 2020 13:15
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާގެ އިމާރާތް ބޮޑުކުރުން

     ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގެ އިމާރާތް ބޮޑުކުރަން ބޭނުން ވެއްޖެއެވެ.

     ވީމާ، އެ މަސައްކަތް ކޮއްދެއްވުމަށް ޝައުޤުވެރިވާ ފާރާތްތަކުން 28 އޮކްޓޫބަރު 2020 ވާ ބުދަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 05 ނޮވެންބަރު 2020 ބުރާސްފަތި ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

     މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާގެ އިމާރާތް ބޮޑުކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ލިޔުއްވައިފައެވެ.

     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 އޮކްޓޫބަރު 2020