ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2020/45
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 22:25
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރު، ފަން އަދި އެހެނިހެން ތަކެތި ހޮވުމަށް ވަލަށް ވަނުމުގެ އުޞޫލް އާނމުކުރުން

އިޢްލާން

 

ދަރު، ފަން އަދި އެހެނިހެން ތަކެތި ހޮވުމަށް ވަލަށް ވަނުމުގެ އުޞޫލް އާނމުކުރުން

ދަރު ފަން އަދި އެހެނިހެން ތަކެތި ހޮވުމަށް އަމިއްލަ ފަރުދުން ވަލަށް ވަނުމުގައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ އުޞޫލް މި އިއުލާނާއެކު އާންމުކުރީމެވެ.

ވީމާ ދަރު ފަން އަދި އެހެނިހެން ތަކެތި ހޮވުމަށް އަމިއްލަ ފަރުދުން ވަލަށް ވަނުމުގައި މި އުޞޫލާއި އެއްގޮތަށް އަމަލްކުރުމަށް އާންމުކޮށް އަންގާ އިއުލާންކުރީމެވެ.  

   2 ރަބީޢުލްއައްވަލް 1442                  

              19 އޮކްޓޯބަރު 2020

 

     ޝާހިދު އަބްދުއްރަހީމް

          ރައީސް

 

ދަރު، ފަން އަދި އެހެނިހެން ތަކެތި ހޮވުމަށް ވަލަށް ވަނުމުގެ އުޞޫލް

ތައާރަފް: މި އުޞޫލަކީ ދަރު ފަން އަދި އެހެނިހެން ތަކެތި ހޮވުމަށް އަމިއްލަ ފަރުދުން ވަލަށް ވަނުމުގައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ އުޞޫލެވެ.

1 ވަލުތެރެއިން ހޮވުން އަދި ގެންދިއުން މަނާތަކެތި:

(ހ) ކާށި

(ށ) މުޑިކާށި

(ނ) ކޮރޮޅި

(ރ) ރޯ ލަކުޑި/ ރޯދަރު

(ބ)ވެލި

(ޅ) މި އުޞޫލުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ ތަކެތި ފިޔަވާ އެހެންތަކެތި

2 ވަލު ތެރެއިން ނެރުން ހުއްދަ ތަކެތި

(ހ) ރުކުން ވެއްޓިފައި ހުންނަ ހިކި ފަން

(ށ) ފަންތޮށި/އޮށި

(ނ) ހިކި ދަރު

(ރ) ކަނަމަދު

3 ވަލަށް ވަނުމަށް ހުއްދަ ހޯދުން

(ހ) މި އުޞޫލުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ އެއްމެހާ ތަކެތި ހޯދުމަށް ވަލަށް ވަދެވޭނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ހެނދުނު 7:30 އިން 16:30 އާއި ދެމެދުއެވެ.

(ނ) މި އުޞޫލުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ އެއްމެހާ ތަކެތި ހޯދުމަށް ވަލަށް ވަނުމަށް އެދި ލައްވާ ފަރާތްތަކުން ކޮންމެ ހަފްތާއެއްގެ ބުރާސްފަދިދުވަހު 13:00 ގެ ކުރިން ކައުންސިލްގެ އިދާރާ ގައި ނަން ނޯޓް ކުރަންވާނެއެވެ.

(ރ) މި އުޞޫލުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ އެއްމެހާ ތަކެތި ހޯދުމަށް ވަލަށް ވަނުމަށް އެދި ނަން ނޯޓް ކުރާ ފަރާތްތަކަށް ވަލަށް ވަނުމު ހުއްދަ ޗިޓް ކައުންސިލްގެ އިދާރާއިން ހަވާލް ކުރާނެއެވެ. ވަލުތެރޭގައި އުޅޭއިރު މިޗިޓް ގެންގުޅެންވާނެއެވެ.

(ބ) މި އުޞޫލުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ އެއްމެހާ ތަކެތި ހޯދުމަށް ވަލަށް ވަނުމުގެ ހުއްދަ ނުހޯދާ ފަރާތްތަކުން މިތަކެތި ހޯދުމަށް ވަލަށް ވަނުމަކީ މަނާކަމެކެވެ.

4 ވަލަށް ވަންނަ ފަރާތްތަކުން ކުރުން މަނާ ކަންތައްތައް

(ހ) ރުކަށް އެރުން

(ށ) އޮށި މަޅިލައިގެން ފަން ވެއްޓުން

(ނ) ވަލުތެރެއިން ވެލި ނެގުން

(ރ) ރުއް ގަސް ކެނޑުން

(ބ) ވަލުތެރެއިން ހޯދާ ފަން، އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ކުނި އަންދާ ސަރަހައްދު ފިޔަވާ އެހެން އެއްވެސް ތަނެއްގައި ކުރެއްސުން (ފަންވަތްތައް އޮށިން ވަކި ކުރުން)

(ޅ) މި އުޞޫލްގެ ދަށުން ވަލަށް ވަނުމުގެ ހުއްދަ ހޯދާ ފަރާތްތައް ހެންދުނު 7:30 ގެ ކުރިން ވަލަށް ވަނުމާއި 16:30 ގެ ފަހުން ވަލުތެރޭގައި އުޅުން

5 މި އުޞޫލުގެ ދަށުން ވަލުން ހޯދާތަކެތި ގެންދިއުން:

(ހ) މި އުޞޫލުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ ތަކެތި ހޯދުމަށް ފަހު އެތަކެތި ގެންދިއުމުގެ ކުރިން އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރ ގެ ސްޕަވައިޒަރ އަށްދައްކާ ޗެކް ކުރަންވާނެއެވެ.

(ށ) ވަލުން ހޯދާ ތަކެތި ހޯދައިނިމި ވަލުން ނުކުންނައިރު ވަލަށް ވަނުމުގެ ހުއްދަ ޗިޓް އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ސްޕަވައިޒަރ އާއި ހަވާލުކުރަންވާނެއެވެ.

(ނ) މިއު ޞޫލްގެ ދަށުން ހޯދާ އެންމެހާ ތަކެތި، އެތަކެތި ހޯދާ ދުވަހު ގެއަށް ގެންދަންވާނެއެވެ.

(ރ) މި އުޞޫލްގެ ދަށުން ވަލުތެރެއިން ހޯދާ ތަކެތީގެ ތެރެއިން، އެތަކެތި ހޯދި ދުވަހު ގެއަށް ނުގެންގޮސް ހުންނަ ތަކެތި ކައުންސިލްގެ ފަރާތުން ނައްތާލެވޭނެއެވެ.

6 މި އުޞޫލާ ހިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅު

(ހ) މި އުޞޫލާ ހިލާފުވާ ފަރާތްތަކަށް 4 ހައްތާގެ މުއްދަތަށް ވަލަށް ވަނުމުގެ ހުއްދަ ދޫނުކޮށް ހިފެހެއްޓޭނެއެވެ.

7 މާނަ ކުރުން

(ހ) ވަލު: މި އުޞޫލްގެ ބޭނުމަށް ވަލުކަމުގައި ބެލެވޭނީ މިރަށު ވާރުމަގުގެ ހުޅަނގުން އަމިއްލަ މީހުނަށް ދޫކޮށްފައިވާ ގޯތިތައް ފިޔަވާ އެންމެހާ ސަރަހައްދެވެ.

(ށ) ފަން ކުރެއްސުން: އޮށިން ފަންވަތްތައް ވަކިކުރުން

19 އޮކްޓޫބަރު 2020